މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް އެންމެ ފަހުން ގެއްލުން ދިން މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
18 ޖެނުއަރީ 2021
މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް އެންމެ ފަހުން ގެއްލުން ދިން މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ޑްރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީގެން ދައުވާ އުފުލީ މުހައްމަދު ހަމްދޫން އަހުމަދު، ގ. އާފަތިސްގެ މައްޗަށް ކަމަށެވެ.
މިދިއަ މަހު އޭނާގެ މައްޗަށް އުފުލީ މުދަލަށް ގެއްލުންދިނުމުގެ ދައުވާ އެވެ.
ހަމްދޫންގެ އިތުރުން އައިންތުގެ ކާރަށް ގެއްލުން ދިންކަމުގެ ތުހުމަތު އިތުރު މީހަކަށް ވެސް ކުރި އެވެ. ނަމަވެސް ހެކި ނެތިގެން އޭނާގެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.
އައިންތުގެ ކާރަށް އޭގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން ގެއްލުންދިނެވެ. އަދި އެކަމުގައި އޭނާގެ ކުރީގެ ފިރިމީހާ ބައިވެރިވާ ކަމަށް އޭނާ ތުހުމަތުކުރެ އެވެ. ނަމަވެސް ކުރީގެ ފިރިމީހާގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.
އެންމެ ފަހުން ގެއްލުން ދިން ހާދިސާއާ ގުޅިގެން "މިހާރު" އާ ވާހަކަދައްކަމުން އައިންތު ބުނެފައި ވަނީ ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން ކަވަރަށް ވެސް އެކި ވަރުގެ ގެއްލުން ދިން ކަމަށެވެ.
އެންމެ ފަހުން ކާރަށް ލިބުނު ގެއްލުންތައް މަރާމާތުކުރަން އެހީތެރިކަން ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
އެފްއޭއެމްގެ މައްސަލަ:ޕީޖީ އާއި ފީފާއިން މަޝްވަރާކޮށްފި
ޑްރަގް އެތެރެކުރި ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އޮރިޔާން ފޮޓޯ ޑައުންލޯޑްކުރި މީހާއާ އެކު އެއްބަސްވުމެއް