Roadha Mihaaru
ޒުވާންކޮށް ފެންނަނީ ބޮޓޮކްސް ޖަހާތީއެއް ނޫން: ޖޭލޯ

ޒުވާންކޮށް ފެންނަނީ ބޮޓޮކްސް ޖަހާތީއެއް ނޫން: ޖޭލޯ

20 ޖެނުއަރީ 2021

ޒުވާންކަން ދަމަހައްޓަން ބަތަލާ/ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބޮޓޮކްސް ބޭނުންކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒުވާންކަން ދަމަހައްޓަން ބަތަލާ/ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބޮޓޮކްސް ބޭނުންކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.

ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި 51 އަހަރުގެ ބަތަލާ އަކީ މޫނުގެ ރޫތައް ފިލުވައި މޫނުގެ ހަންގަނޑަށް އަންނަ ދުވަސްވުމުގެ އަލާމާތްތައް ފޮރުވަން "ޓަނުން ބޮޓޮކްސް" ބޭނުންކުރާ މީހެކެވެ. ނަމަވެސް އެކަމާ އެއްބަސްނުވެ، މޫނުމަތީގެ ޒުވާންކަމާއި އުޖާލާ ކަމަކީ އޭނާގެ އަމިއްލަ ބިއުޓީ ލައިން "ޖޭލޯ ބިއުޓީ" އިން ނެރޭ މާސްކެއް ކަމަށް ޖޭލޯ ވަނީ އިންސްޓަގްރާމްގައި ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ބޭނުންވާ ފެންވަރަށް އުފައްދަން 10 ވަރަކަށް އަހަރު ނެގި އެ މާސްކަކީ ޖާދޫއެއް ކަހަލަ އުފެއްދުމެކެވެ.

ދެ ކުދިންގެ މަންމަ ބުނި ގޮތުގައި އޭނާ އަކީ އެއް އިރެއްގައި ވެސް ޒުވާންކަން ދަމަހައްޓަން ބޮޓޮކްސް ބޭނުންކޮށް އަދި ޕްލާސްޓިކް ސާޖަރީއެއް ވެސް ހެދި މީހެއް ނޫނެވެ.

ނަމަވެސް ޖޭލޯގެ އެ ވާހަކަ ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އޭނާގެ މޫނުމަތި ހުރި ގޮތަށް ބަލާ އިރު، ބޮޓޮކްސް ބޭނުން ނުކުރާ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެކެވެ.

އެހެންވެ އިންސްޓަގްރާމް ޕޯސްޓަށް ކޮމެންޓްކުރި މީހަކު ވަނީ ދޮގު ނުހެދުމަށާއި އޭނާގެ މޫނުމަތީގެ ޗާލު ކަމަކީ ޖެނެޓިކް ނުވަތަ ގުދުރަތީ ގޮތުން ލިބިފައިވާ ޒުވާންކަމެއް ކަމަށް ދައްކަން އުޅުމަކީ ބޭކާރު ވާހަކައެއް ކަމަށް ބުނެފަ އެވެ.

ބައެއް މީހުން އަދި ވަނީ ޖޭލޯ ބޮޓޮކްސް ބޭނުން ނުކުރާ ކަމަށް ބުނާ އިރު، އޭނާ ވާހަކަ ދައްކާ އިރު މޫނުގެ ބައެއް ދިމަދިމާލުގެ "ހަރަކާތް ހުއްޓިފައި" ހުންނަ ކަމަށް ވެސް ބުނެފަ އެވެ. އޭގެ ތެރޭގައި ނިތްކުރި އާއި ބުމަ ފަދަ ތަންތަން ފާހަގަކޮށްފައިވެ އެވެ. އަދި ޔަގީނުން ވެސް އެއީ ބޮޓޮކްސްގެ އަސަރު ކަމަށް ބުނެފައިވެ އެވެ.