Roadha Mihaaru
ޖޯންގެ ފިލްމަށް އަބީޝެކްގެ ބަދަލުގައި އަރުޖުން

ޖޯންގެ ފިލްމަށް އަބީޝެކްގެ ބަދަލުގައި އަރުޖުން

31 އޯގަސްޓް 2021

މިދިޔަ އަހަރު އެކްޓަރު ޖޯން އަބްރަހަމް ރައިޓްސް ހޯދި މަލަޔާޅަމް ފިލްމު "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމޭކް އޭނާ އާއި އަބީޝެކް ބައްޗަން އެކީގައި ކުޅޭ ގޮތަށް ކުރިން އޮތް ނަމަވެސް، އަބީޝެކްގެ ބަދަލުގައި ފިލްމަށް އަރުޖުން ކަޕޫރް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އެކްޓަރު ޖޯން އަބްރަހަމް ރައިޓްސް ހޯދި މަލަޔާޅަމް ފިލްމު "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމޭކް އޭނާ އާއި އަބީޝެކް ބައްޗަން އެކީގައި ކުޅޭ ގޮތަށް ކުރިން އޮތް ނަމަވެސް، އަބީޝެކްގެ ބަދަލުގައި ފިލްމަށް އަރުޖުން ކަޕޫރް ނަގައިފި އެވެ.

ނަމަވެސް ފިލްމުގެ ކާސްޓަށް މި ބަދަލު ގެނައި ސަބަބެއް އަދި ނޭނގެ އެވެ. އަބީޝެކް މި ވަގުތު އުޅެނީ ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އަތަަށް ލިބުނު އަނިޔާއަކާ ހެދި އޮޕަރޭޝަނެއް ކޮށްގެންނެވެ. ޖޯންގެ އާ ފިިލްމުން އަބީޝެކް ނުފެންނާނެކަން ކަށަވަރުވެފައިވާ އިރު، ދެ ތަރިން އެކީގައި ކުރިން ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެެ. އެއީ 2004 ގެ "ދޫމް" އާއި 2008 ގެ "ދޯސްތާނާ" ގަ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމޭކްގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް މިހާރު އޮތީ ތާވަލުކޮށްފަ އެވެ. އަދި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވި ޖަގަން ޝަކްތީ އަންނަމީ ސްކްރިޕްޓް އިތުރަށް ޕޮލިޝްކުރުމުގެ މަސައްކަތްކުރަމުންނެވެ. ޖަގަން އަކީ އަކްޝޭ ކުމާރުގެ 2019 ގެ ކާމިޔާބު ފިލްމު "މިޝަން މަންގަލް" ގެ ޑައިރެކްޓަރެވެ.

ޖޯންގެ ފިލްމުން އަރުޖުން އަށް ފުރުސަތު ލިބުނު އިރު، ދެ ތަރިން މިހާރު ވެސް އަންނަނީ އެކީގައި ފިލްމެއް ކުޅެމުންނެވެ. އެއީ ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން ރިޓާންސް" އެވެ. މިއީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާނެ ފިލްމެކެވެ.

ދާދި ފަހުން ނެޓްފްލިކްސް އިން ޕްރީމިއާކުރި އަރުޖުންގެ ފިލްމު "ސަރުދާރު ކާ ގްރޭންޑްސަން" ގެ ރޯލެއް ވެސް ޖޯން ކުޅެފައިވެ އެވެ. އެކީގައި މަސައްކަތްކުރަން ލިބުމުން ޖޯން އާއި އަރުޖުންއާ ދެމެދު މިހާރު ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައިވެ އެވެ.