Roadha Mihaaru
މަޖިލީހުގެ އިދާރާގެ ޖިމާއި ރެސްޓޯރަންޓް އަލުން ބީލަމަށް

ތަރުހީބު ކުޑަވުމުން، މަޖިލީހުގެ އިދާރާގެ ޖިމާއި ރެސްޓޯރަންޓު އަލުން ބީލަމަށް

28 ޖެނުއަރީ 2021

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމަކާއި ރެސްޓޯރަންޓެއް ހަދަން ހުޅުވައިލި ފުރުސަތަށް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމުން އަލުން ބީލަމަށް ލާން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމަކާއި ރެސްޓޯރަންޓެއް ހަދަން ހުޅުވައިލި ފުރުސަތަށް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމުން އަލުން ބީލަމަށް ލާން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ޓެރަހުގައި ރެސްޓޯރަންޓަކާއި ފިޓްނަސް ސެންޓަރެއް ހިންގުމަށް ޕްރޮޕޯސަލް ހުޅުހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވީ މިދިޔަ އަހަރު ޖުލައި މަހުގަ އެވެ.

އެ މަސައްކަތާ ގުޅޭ ގޮތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ ޖިމާއި ރެސްޓޯރަންޓް ހިންގަން ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ރެސްޓޯރަންޓެއް ހަދަން ދެ ފަރާތަކުން ހުށަހެޅި ކަމަށާއި ޖިމެއް ހަދަން ހުށަހެޅީ އެންމެ ފަރާތަކުން ކަމަށް ޒިޔާއު ވިދާޅުވި އެވެ.

"[ކުރިމަތިލި] އަދަދު މަދުވީމާ އަޅުގަނޑުމެން ދެވަނަ ފަހަރަށް ހުޅުވާލާނަން. ކޮވިޑް-19 އާ ގުޅިގެން ލަސްތަކެއް ދިމާވި ނަމަވެސް ވަރަށް އަވަހަށް އިތުރު ފުރުސަތަކަށް ހުޅުވާލާނަން،" ޒިޔާއު ވިދާޅުވި އެވެ.

ޖިމަކާއި ރެސްޓޯރަންޓެއް ހެދުމުގެ މަސައްކަތް ކުރަން ހުޅުވާލާފައި ވަނީ މަޖިލީހުގެ އިދާރީ މުއައްޒަފުންގެ ކްލަބް "ޕެމާ" އިންނެވެ.

އެކަމާ ގޮތުން ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރެސްޓޯރަންޓް އެޅުމުގެ ސަބަބުން މަޖިލީހުގެ އިދާރާގައި ކެއުމަށް ހިނގާ ހަރަދު ކުޑަވާނެ އެވެ.