Roadha Mihaaru
އެންމެ ދިގު ކުއްތާ މަރުވެއްޖެ

ދުނިޔޭގެ އެންމެ ދިގު ކުއްތާ މަރުވެއްޖެ

02 ފެބުރުއަރީ 2021

އެންމެ ދިގު ކުއްތާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ފްރެޑީ ދަ ގްރޭޓް ޑޭން 8 އަހަރުގައި ބުދަ ދުވަހު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ދިގު ކުއްތާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ފްރެޑީ ދަ ގްރޭޓް ޑޭން 8 އަހަރުގައި ބުދަ ދުވަހު މަރުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ސަސިކްސްގެ އާއިލާއަކުން ޕެޓެއްގެ ގޮތުގައި ގެންގުޅެމުން ދިޔަ ކުއްތާ މަރުވި ވާހަކަ ގިނިސް ވޯލްޑް ރިކޯޑުން ސޯޝަލް މީޑިއާގައި ވެސް ހާމަކޮށްފައިވެ އެވެ. ދުނިޔޭގެ އެންމެ ދިގު ކުއްތާގެ ރެކޯޑް ފްރެޑީ އަށް ލިބުނީ 2016 ގަ އެވެ. އޭރުގެ އޭގެ ބޮލުން ފެށިގެން ނަގުލާ ހަމައަށް ދިގުމިނުގައި 10.35 ސެންޓިމީޓަރު (3 ފޫޓް ހަތަރު އިންޗި) ހުއްޓެވެ. ފައިމައްޗަށް ކޮޅަށް ތެދުވުމުން ފްރެޑީގެ އިސްކޮޅުގައި 226 ސެންޓިމީޓަރު (7 ފޫޓް 5.5 އިންޗި) ހުރެ އެވެ.

ފްރެޑީ ގެންގުޅުނު ކްލެއާ ސްޓޯންމަން ބުނީ އޭނާ ދަރިއެއް ފަދައިން ވަރަށް ލޯބިން ގެންގުޅުނު ކުއްތާ ވަކިވެ ދިއުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އާއިލާ އަށް ދުވަހަކު ވެސް ފްރެޑީގެ ހަނދާން ނުނެތޭނެ ކަމަށެވެ.

"އެއީ ހަމައެކަނި ޕެޓެއް ނޫން. އެއީ އަހަރެމެންގެ އާއިލާގެ އެންމެ ހާއްސަ އެއް މެމްބަރު. އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު އުފާ،" އޭނާ ބުންޏެވެ.

ކްލެއާ ބުނި ގޮތުގައި ފްރެޑީ އަކީ އަބަދުވެސް އާއިލާގެ މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިން އަދި ބައްދަލުވި ކޮންމެ މީހަކު ވެސް ވަރަށް ލޯބިވި ކުއްތާއެއް ކަމަށެވެ.

ފްރެޑީ ވަކިވުމުން ލިބުނު ހިތާމައިގެ ވާހަކަ ކްލެއާ ފޭސްބުކްގައި ވެސް ކިޔައި ދީފައިވެ އެވެ.

https://www.facebook.com/glam.pinky.7/posts/10222728390109710