ކޮވިޑް-19 ފެތުރޭ ވަރަށް ބަލައިގެން ދުނިޔޭގެ ގައުމުތައް ގިންތި ކުރާ ނަމަ ރާއްޖެއަކީ މިހާރު އެންމެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީ އަށް ފެެތޭ އެއް ގައުމު ކަމަށް، އެ ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ކޮންސަލްޓަންސީ ފޯރުކޮށްދެއްވާ ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
02 ފެބުރުއަރީ 2021
ކޮވިޑް-19 ފެތުރޭ ވަރަށް ބަލައިގެން ދުނިޔޭގެ ގައުމުތައް ގިންތި ކުރާ ނަމަ ރާއްޖެއަކީ މިހާރު އެންމެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީ އަށް ފެެތޭ އެއް ގައުމު ކަމަށް، އެ ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ކޮންސަލްޓަންސީ ފޯރުކޮށްދެއްވާ ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވެ، ތިންވަނަ ރާޅު ފެށުމާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ ވިދާޅުވީ ރާއްޖެއަކީ މިހާރު ރައްކާތެރިތަނަކަށް ނުވާތީ ބަލި ކޮންޓްރޯލްކުރަން ހުރިހާ އެންމެން ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރެން މެދުވެރިވި ގިނަ ކަންތައްތަކެއް ތަފްސީލާ އެެކު އޭނާ ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވާ ވަރު ކުޑަވުން ހިމެނެ އެވެ.
"މިހާރު އަސްލުގައި ބައެއް ގައުމުތަކުން ބަލާ ކަހަލަ، ސޭފް ކަންޓްރީއެއްތޯ ހައި ރިސްކު ކަންޓްރީއެއްތޯ ބަލަންޏާ މިހާރު ރާއްޖެ މި އޮތީ ހައި ރިސްކު ލެވެލްގައި. ނޯ ލޯންގާ ސޭފް،" ޑރ. ޝީނާ ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް މީހުން ތަބާވާ މިންވަރު ދައްކައިދޭ ސްލައިޑެއް
ރާއްޖޭގައި ބާރަށް ކޮވިޑު ފެތުރޭލެއް ހަލުވި ވުމުގެ ގިނަ ސަބަބުތަކެއް އޭނާ ވިދާޅުވިގޮތުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި އެޗްޕީއޭއިން ދިން ބައެއް ލުއިތައް ވެސް ހިމެނެ އެވެ.
ކޮވިޑްގެ އާ ވޭރިއަންޓްތަކުގެ ތެރެއިން އިނގިރޭސި ވިލާތުން ފެނުނު ވޭރިއަންޓް ރާއްޖޭގައި މިހާރު ވަރަށް ގިނަ ވެފައިވާ ކަމަށް އެޗްއީއޯސީގެ ދިރާސާއާ އަކާ ހަވާލާދެއްވައި ޑރ. ޝީނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން މިހާރު ފެންނަ ކޮވިޑް ކޭސްތަކުގެ 30 ޕަސެންޓަކީ ޔޫކޭ ވޭރިއަންޓެވެ.
"އެއްކަމަކީ މި ވޭރިއަންޓް، ތިޔަ ބޭފުޅުންނަށް ވެސް އެނގިލައްވާފައި އޮންނާނީ ޔޫކޭގައި ވެސް ވަރަށް ބާރަށް ފެތުރިގެން ދެއޭ. އެއީ އެއް ރީޒަން،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝީނާ ވިދާޅުވި ގޮތުގައި އާ ވޭރިއަންޓަކީ ކޮވިޑު ފުރަތަމަ ފެތުރުނު އިރު ވައިރަހުގައި ހުރި "އާރް ވެލިއު" [އެކަކު ގައިން އަނެކަކު ގަޔަށް އެރުމުގެ ބާރު] އަށް ވުރެ 4.4 އިތުރު ވައިރަހެކެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް ފެތުރޭނެ ކަމަށް އަންދާޒާ ކުރެވޭ ވަރު އެހާ ގިނައީ އެހެންވެ އެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ވޭރިއަންޓްތައް ގިނަވެގެން ދިޔަ އިރުގައި ރާއްޖޭގައި އެކަމަށް ރިއާޔަތްކޮށް ފިޔަވަޅު އެޅިލެއް ލަސްކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ވޭރިއަންޓްތައް ފެތުރެން ފެށުމުން ވެސް ބޭރުން އަންނަ މީހުން ކަރަންޓީނު ކުރަން ނުފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަތުރުކުރާ މީހުން ކަރަންޓީނުކުރަން ނުޖެހި ހަމަ އެކަނި އެޑްވައިސްއެއް ގޮތަށް އެކަން ބަދަލުވެގެން ދިޔަ. މި ކަންތައްތަކާ ގުޅިގެން، ހަމަ ގާތްގަނޑަކަށް އެކު އެކީގައި ހެން ދުނިޔޭގައި ވޭރިއަންޓްތައް ގިނަވެގެން ދިޔަ ޚަބަރު ލިބިގެން ދިޔައީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ، އެއާ އެއްކޮށެއް ވެސް ޓްރެވެލާސްގެ ކަރަންޓީނު އަލުން ނުއެއް ފަށާ،" ޑރ. ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ [ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އޭރު އޮތް އޮތުމަކީ] ރާއްޖެއަށް ވޭރިއަންޓެއް ތައާރަފްވުމުގެ ފުރުސަތަކަށް ވި ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން ކޮވިޑްގެ ކޭސްތައްް އެންމެ ގިނަަވެގެން ދިޔަ އިރުގައި އެ ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުންނެވެ. އެގޮތުން ރާއްޖެ އަށް ކޮވިޑްގެ ފުރަތަމަ ރާޅު އައި އިރު އެބަލި ޖެހުނު މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ ނިސްބަތަކީ 45 ޕަސެންޓެވެ. އެކަމަކު މިހާރު ކޮވިޑު ޖެހޭ މީހުންގެ ތެރެއިން 55 ޕަސެންޓް މީހުންނަކީ އަލާމާތްތައް ހުންނަ މީހުންނެވެ.
އަލާމާތްތައް ހުންނަ މީހުން ގިނަވުމާ އެކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް މިހާރު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ކުރިން ކޮވިޑް ގެ ކޭސްތައް އެންމެ ގިނަވި އިރު ވެސް ދުވާލަކު އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދަކީ އެވްރެޖްކޮށް 12 އެވެ. އެކަމަކު މިހާރު އެއަދަދު ވަނީ 22 އަށް އަރައިފަަ އެވެ.
ކޮވިޑް-19 އަލާމާތްތައް ހުންނަ މީހުންގެ ނިސްބަތް އިތުރުވިގޮތް ދައްކައިދޭ ގްރާފެއް
ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެގޮތަށް އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވުމުން ސިއްހީ ނިޒާމަަށް ބާރުބޮޑުވެ، ބަލިމީހުންނަށް އެޓެންޑް ކުރެވޭ ވަރު ލަސްވާ ވަރަކަށް ބަލި ފެތުރުން އިތުރުވާނެ އެވެ.
"ރެސްޕޮންސަށް ތައްޔާރުވާން ނަގާ ވަގުތާ އެެއަށް ރެސްޕޮންޑް ކުރެވޭ ވަރު ދަށްވާ ވަރަކަށް ހައްތަހާ ވެސް އޭތި ފެތުރޭލެއް ގިނަވެގެން ދާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ވަނީ ކޮންޓެކްޓް ޓްރޭސިންްއާއި ބަލި ޖެހުނު މީހުންގެ ފަރާތުން އެހެން މީހުންނަށް ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ އެނޫން ވެސް ގިނަ ކަންތައްތައް، ކޭސްތައް ގިނަވުމުން އުނދަގޫވާތީ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖޭގައި މިއަދު ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން މާލޭގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި ހުރިހާ ރަށެއްގައި ވެސް ގެެއިން ބޭރުގައި އުޅޭ އިރު މާސްކް އަޅަން އެންގުމާއި އެހެން ބައެއް ފިޔަވަޅުތައް ވެސް އެޗްޕީއޭއިން މިއަދު އިއުލާނުކުރި އެވެ.
ހެލްތު އިމަޖެންސީއަށް މަޖިލީހުގެ ހުއްދަ ހޯދަން ފާސްނުވި
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ކޮވިޑް ކޭސްތަކެއް ފެނުމުން ތިނަދޫ ބަންދުކޮށްފި
ކޮވިޑް ކޭސްތައް މިއަދު 200 އަށް ވުރެ މަދު
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި
ހުޅުމާލެ ފެސިލިޓީ ރަނގަޅު ކުރަން މަޖިލީހަށް
ބިލުތަކުން ބޮޑު ލުޔެއް ދޭން ސަރުކާރުން ނިންމައިފި
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
މެލޭޝިއާގެ ހާލަތު ވަރަށް ގޯސް، އައިސީޔޫތައް ފުރެނީ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި