Roadha Mihaaru
ސިއްހީ ހިދުމަތަށް އެހީވެ ރެކޯޑް ހެދި މޯ މަރުވެއްޖެ

ސިއްހީ ހިދުމަތަށް އެހީވެ ރެކޯޑް ހެދި މޯ ކޮވިޑް ބަލީގައި މަރުވެއްޖެ

03 ފެބުރުއަރީ 2021

ޗެރިޓީއަކަށް ފައިސާ އެއްކުރަން ގޭގެ ބަގީޗާތެރޭގައި ހިނގައިން، ފަންޑްރައިޒިންއަކުން އެންމެ މީހަކު ވެގެން އެންމެ ގިނަ ފައިސާ ހޯދުމުގެ ދުނިޔޭގެ ރެކޯޑް ހޯދި އިނގިރޭސިވިލާތިގެ ކެޕްޓަން ޓޮމް މޯ އަންގާރަ ދުވަހު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗެރިޓީއަކަށް ފައިސާ އެއްކުރަން ގޭގެ ބަގީޗާތެރޭގައި ހިނގައިން، ފަންޑްރައިޒިންއަކުން އެންމެ މީހަކު ވެގެން އެންމެ ގިނަ ފައިސާ ހޯދުމުގެ ދުނިޔޭގެ ރެކޯޑް ހޯދި އިނގިރޭސިވިލާތިގެ ކެޕްޓަން ޓޮމް މޯ އަންގާރަ ދުވަހު މަރުވެއްޖެ އެވެ.

މޯގެ ފަންޑްރައިިން ހަރަކާތުން 33 މިލިއަން ޕައުންޑް (45 މިލިއަން ޑޮލަރު) ހޯދާފައިވެ އެވެ. އެ ފައިސާ އޭނާ ހަދިޔާކުރީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށެވެ.

މިދިޔަ އަހަރު އެޕްރީލް މަހުގެ 30 ގައި 100 ވަނަ އުފަން ދުވަސް ފާހަގަކުރި މޯ މަރުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އާދީއްތަ ދުވަހު ބްރެޑްފޯޑް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އާއިލާ އިން ބުނީ މޯ ވަކިވެ ދިއުމަކީ އާއިލާގެ އުފާވެރިކަން ގެއްލުން ކަމަށެވެ.

އާއިލާ އިން ބުނީ ނިއުމޯނިއާ އަށް ވެސް ފަރުވާ ހޯދަމުން ދިޔަ ޓޮމް އަށް ކޮވިޑް ޖެހުނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށާއި އޭނާ އެޑްމިޓްކުރީ ވަރަށް ބޮޑަށް ނޭވާލާން ދަތިވާން ފެށުމުން ކަމަށެވެ. އެހެންވެ މަރުވީ ކޮވިޑްގެ ވެކްސިން ވެސް ނުދެވި އުޅެނިކޮށް ކަމަށް ބުންޏެވެ.

އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ވެޓަރަންއެއްގެ ގޮތުގައި ވެސް އެ ގައުމުމުގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ މޯ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނީ ފައިސާ އެއްކުރަން އެކަނިމާއެކަނި ކުރިއަށް ގެންދިޔަ ޗެރިޓީ ވޯކާ އެކީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

އޭނާގެ ފަންޑްރެއިޒިން ހަރަކާތާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ސަމާލުން ލިބުނެވެ. މޯގެ މަރާ ގުޅިގެން އިނގިރޭސި ޝާހީ އާއިލާއިންނާއި އެ ގައުމުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި މޯގެ އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ.

މޯގެ ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަންކޮށް ޝާހީ އާއިލާ އިން މިދިޔަ އަހަރު އޭނާ އަށް ރާނީ އެލިޒަބަތު ދެއްވާ ނައިޓްހުޑްގެ ޝަރަފު ވެސް ދީފައިވެ އެވެ.