Roadha Mihaaru
މެއި/ޖޫންގެ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި

މެއި/ޖޫންގެ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި

04 ފެބުރުއަރީ 2021

މިއަހަރު މެއި އަދި ޖޫން މަހުގެ އޭ ލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަހަރު މެއި އަދި ޖޫން މަހުގެ އޭ ލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މި އަހަރުގެ މެއި އަދި ޖޫން މަހުގެ އޭލެވެލް އިމްތިހާން ނުބާއްވަން އިނގިރޭސިވިލާތު ޕިއާސަން އިން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެ އިމްތިހާންގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އޮފްކޮލް އިން އިއުލާން ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އެގޮތަށް ހަމަޖެއްސިޔަސް، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ބާއްވާ އޭ ލެވެލް އިމްތިހާން ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެ އެވެ. އަދި އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން ކުރިއަށް ގެންދާ އޭލެވެލް އެޕްލިކޭޝަން މަރުހަލާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ބަޔާނުގައި އަންގާފައިވެ އެވެ.