06 ފެބުރުއަރީ 2021
އިންޑިއާގެ ދަނޑުވެރިން ކުރަމުން އަންނަ މުޒާހަރާތަކަށް ތާއީދުކޮށް ބޭރުގެ މަޝްހޫރު ބައެއް މީސްމީހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާތީ ބޮލީވުޑްގެ ބަތަލާ ހެމާ މާލިނީ ނުރުހުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ދަނޑުވެރިން ކުރަމުން އަންނަ މުޒާހަރާތަކަށް ތާއީދުކޮށް ބޭރުގެ މަޝްހޫރު ބައެއް މީސްމީހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާތީ ބޮލީވުޑްގެ ބަތަލާ ހެމާ މާލިނީ ނުރުހުން ފާޅުކޮށްފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ބައެއް ފަންނާނުން މި މައްސަލާގައި އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ފޮނުވުމުގެ ފޯރިއެއް ފެށިފައި މި ވަނީ މި މަހުގެ ދެ ވަނަ ދުވަހު، މަޝްހޫރު ލަވަކިޔުންތެރިތާ ރިއާނާ ކުރި ޓްވީޓަކާ ގުޅިގެންނެވެ.
ދަނޑުވެރިންގެ މުޒާހަރާއާ ބެހޭ ގޮތުން ސީއެންއެން އިން ގެނެސްދިން ޚަބަރެއް ޝެއާކޮށް، ރިއާނާ ވަނީ ދަނޑުވެރިންގެ މައްސަލަތައް ހައްލުކޮށްދޭން އިންޑިއާގެ ސަރުކާރުން ނޫޅެނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އޭނާގެ މި ޓްވީޓާ އެކީ، ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަމްބާގް ވެސް ހަމަ އެ މޭރުމުން ޓްވީޓްކޮށްފައިވެ އެވެ.
why aren’t we talking about this?! #FarmersProtest https://t.co/obmIlXhK9S
— Rihanna (@rihanna) February 2, 2021
ރިއާނާގެ ޓްވީޓް ބޮލީވުޑްގެ ބައެއް ފަންނާނުންނަށް ހަޖަމުނުވެގެން އޭނާއާ ދިމާއަށް ހިތުހުރިހާ އެއްޗެއް ގޮވަމުންދާ އިރު، މީގެ އެންމެ ކުރީގައި ހުރީ އަބަދު ވެސް މީހުންނަށް ބަހުގެ ހަމަލާދޭން އަރާހުންނަ ބަތަލާ ކަންގަނާ ރަނާވަތެވެ. އޭނާ ވަނީ ރިއާނާ އަށް ބަހުގެ އެތައް ހަމަލާއެއް ފޮނުވާލައިފަ އެވެ.
Someone who can’t sell music without making it sensual/adult. Unlike classical and genuine singers where body is of no consequence. A porn singer is hugely dependent on his/her flesh show off, private parts exposure and mediocre talent.This makes them absolutely massy, and junk.
— Kangana Ranaut (@KanganaTeam) February 3, 2021
ރިއާނާގެ ޓްވީޓާއާ އެކު މިހާރު ސޯޝަލް މީޑިއާގައި އެންމެ ހޫނު އެއް ކެމްޕޭނަކީ އިންޑިއާގެ މިހާރުގެ ސަރުކާރަށް ތާއީދުކުރާ މަޝްހޫރު މީހުން އިސްކޮށް ތިބެގެން #އިންޑިއާ ޓުގެދާ# އިންޑިއާއެގެއިންސްޓްޕްރޮޕަގެންޑާގެ ނަމުގައި ހިންގާ ކެމްޕޭނެވެ.
‘Im intrigued by foreign celebrities to whom our glorious country, India, is just a name they have heard, boldly making statements about our internal happenings and policies! Wonder what they are trying to achieve, and more imptly, who are they trying to please?’?
— Hema Malini (@dreamgirlhema) February 4, 2021
މި ކެމްޕޭނާ ދިމާކޮށް ހެމާ ކުރި ޓްވީޓެއްގައި ބޭރުގެ ބައެއް ފަންނާނުން އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނާތީ އެކަމާ ނުރުހުން ފާޅުކޮށްފައިވެ އެވެ.
"ބޭރުގެ ސެލެބްރިޓީން އަހަރެމެންގެ ގައުމުގެ ކަންކަމާ ބެހޭ ގޮތުން ބަސްބުނެ އަހަރެމެންގެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް. ހިތަށްއަރާ މިކަމުން އެ މީހުން ހާސިލުކުރަން އުޅެނީ ކޮން ކަމެއް ބާއޭ؟" ހެމާ ބުންޏެވެ. "އަދި އެންމެ ހައިރާންވާ ކަމަކީ މިއީ ކޮން ބަޔަކު ރުއްސަން އެ މީހުން ކުރާ ކަމެއްތޯ؟"
އިންޑިއާގެ ދަނޑުވެރިންގެ މައްސަލަތައް ހައްލުކޮށް ނުދީ، އެ މީހުންނަށް ދަތިވާ ގޮތަށް ގާނޫނެއް ފާސްކުރުމާ ގުޅިގެން ދަނޑުވެރިން މުޒާހަރާކުރާތާ މިހާރު އެތައް ދުވަހެއްވެއްޖެ އެވެ. އަދި މި ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަދާ ގޮތް ރަނގަޅު: ކަންގަނާ
ކަންގަނާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަނީ
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ
ރިއާނާ ބޭނުންވަނީ އަނެއްކާވެސް އިންޑިއާ އަށް ދާން
ކަންގަނާ އަލުން ޓްވިޓާ އަށް
ކަންގަނާ ހުރީ ޓްވިޓާ އަލުން ލިބޭނެ ކަމުގެ އުއްމީދުގައި
އަނިލްގެ ފިރިހެން ދަރިފުޅާ އެކު ފެނުނީ ކާކު؟
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ބަތަލާ މޯނީ ކައިވެނިކޮށްފި
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް