Roadha Mihaaru
ކާޕެޓް ރޯލެއް ވެއްޓި ދަށުވި މީހަކު އައިސީޔޫގައި

އެމްޕީއެލްގައި އަނެއްކާވެސް ބޮޑު އެކްސިޑެންޓެއް؛ އެކަކު އައިސީޔޫގައި

05 ފެބުރުއަރީ 2021

މާލޭ ވިޔަފާރި ބަނދަރުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި، ބަނދަރަށް ބާލަން އުޅުނު ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭ ވިޔަފާރި ބަނދަރުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި، ބަނދަރަށް ބާލަން އުޅުނު ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ ވިދާޅުވީ ފަރުވާދެމުން އަންނަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އައިސީޔޫ އަށް ބަދަލުކުރީ އެންމެ ފުރަތަމަ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދިނުމަށް ފަހުގައި ކަމަށެވެ.

"އޭނާގެ ހާލު ކްރިޓިކަލް، ވަރަށް ސީރިއަސް،" އިތުރު ތަފްސީލެއް ނުދެއްވައި އަފީފާ ވިދާޅުވި އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓު ހިނގީ މުދާ އުފުލާ ގްރޫޕެއް ކަމަށްވާ މިނާ އިންވެސްޓްވެންޓްގެ މުވައްޒަފުންތަކެއް ކްރޭން ބޭނުންކޮށްގެން ކާޕެޓް ރޯލްތަކެއް ދޯންޏަކަށް އަރުވަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ރޭ ދަންވަރު 2:15 އެހާއިރު މުދާ ބާލަނިކޮށް ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވީ ކަމަށެވެ. އެމްޕީއެލް އިން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިދިޔަ މަހު އެމްޕީއެލް ސަރަހައްދުގައި ބިއްލޫ ޕެލެޓެއް ވެއްޓި، ކޮންޓެއިނާއެއްގެ ތެރޭގައި ތާށިވި މީހަކު ވަނީ މަރުވެފަ އެވެ.