އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުން 4-1 އިން ދ. ކުޑަހުވަދޫ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ތ. ތިމަރަފުށި ހޯދައިފި އެވެ.
08 ނޮވެމްބަރ 2016
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުން 4-1 އިން ދ. ކުޑަހުވަދޫ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ތ. ތިމަރަފުށި ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލް މެޗު އަންނަ ހޮނިހިރު ދުވަހުގެރޭ މާލޭގައި ކުޅޭއިރު، ތިމަރަފުށި ނުކުންނާނީ ބ.އޭދަފުށްޓާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ ފައިނަލް ބުރުގައި ކުޅެފަ އެވެ. އެ މެޗުން 1-0 އިން މޮޅުވީ ތިމަރަފުށްޓެވެ.
އޭދަފުށި ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ ބަލިކުރުމަށް ފަހު އެވެ.
ތިމަރަފުށީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އެގޮތުން ފުރަތަމަ ހާފްގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެެވެ. ފުރަތަމަ ލަނޑު ޖެހީ އަހުމަދު ރަޝީދު އެވެ. ލީޑުފުޅާކޮށްދިނީ ފުރަތަމަ ހާފް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން އާދަމް ނާސިހް އެވެ.
ތިމަރަފުށީގެ ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފްގައި ނާސިހެވެ. ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަބްދުﷲ މުނާޒް އެވެ. ކުޑަހުވަދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ހަސަން އިބްރާހިމް އެވެ.
އަހަރުތަކެއް މެދުކެނޑުމަކަށް ފަހު އަތޮޅުތަކަށް ހާއްސަކޮށްގެން އެފްއޭއެމުން ބާއްވާ ފުޓްބޯޅަ މުބާރާތް މިދިޔަ އަހަރު އަލުން ފެށިއިރު، މިދިޔަ ފަހަރު ޗެމްޕިއަންކަން ހޯދީ ފޭދޫ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ފޭދޫ އަށް ވަނީ މި އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބިފަ އެވެ. އެ މުބާރާތް ފަށާނީ އަންނަ ހަފްތާގަ އެވެ.
ގްރޫޕްގެ އެއް ވަނަ ތިމަރަފުށްޓާއި ފޭދޫ އަށް
އޭދަފުށި، ތިމަރަފުށި، ކުޑަހުވަދޫ އަދި ފޭދޫ ސެމީ އަށް
އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން ސެމީ އަށް
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް
ފަހު ބުރު ތިނަދޫ އާއި ކުޅުދުއްފުށީގައި
ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދައިފި
ތާރީހީ ފައިނަލަކަށް ތިމަރަފުށްޓާއި އޭދަފުށި ތައްޔާރު!
ތިމަރަފުށްޓާއި ކުޑަހުވަދޫ ސެމީގެ ފުރުސަތު ބޮޑުކޮށްފި
ފުރަތަމަ ދެ މެޗު ތިމަރަފުށްޓާއި ކުޑަހުވަދޫ އަށް
އޭދަފުއްޓަށް ހުއްޓުމެއް ނެތް، ޔަގީންކުރީ ދެވަނަ ބުރު