Roadha Mihaaru

ޓޫރިސްޓެއްގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކްރޫއެއް ހައްޔަރުކޮށްފި

ރިސޯޓަކަށް ދިޔަ ޓޫރިސްޓެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް، ފްލައިޓުގެ ކެބިންކްރޫއެއްގެ އަތުން ފެނުނު މައްސަލައިގައި އެ ކެބިންކްރޫ ހައްޔަރުކޮށްފި އެވެ.

ޓޫރިސްޓެއް ދަބަހުން ވައްކަންކުރިކަމުގެ ތުހުމަތު ކްރޫއަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

11 ފެބުރުއަރީ 2021

ރިސޯޓަކަށް ދިޔަ ޓޫރިސްޓެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް، ފްލައިޓުގެ ކެބިންކްރޫއެއްގެ އަތުން ފެނުނު މައްސަލައިގައި އެ ކެބިންކްރޫ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ބ. އަތޮޅަށް ދިޔަ ޓޫރިސްޓެއްގެ ދަބަހުން ގެއްލުނު ފައިސާ، އެ ޓޫރިސްޓު ދަތުރުކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނުނު މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ.

އެ ކަމުގައި ތުހުމަތުކުރެވޭ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ދީފައި ވެ އެވެ.

ރިސޯޓުތަކުގައި ޓޫރިސްޓުންގެ އެއްޗެހި ވަގަށް ނެގުން ފަދަ ކަންކަން ވަރަށް މަދުން ނަމަވެސް މީގެ ކުރިން ހިނގާފައި ވެ އެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.