Roadha Mihaaru
ރިސޯޓަކުން ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކުން ގެއްލިއްޖެ

ރިސޯޓަކުން ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިއްޖެ

13 ފެބުރުއަރީ 2021

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން އޭނާ ހޯދަން ސިފައިން މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން އޭނާ ހޯދަން ސިފައިން މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާމުނަގައު ރިސޯޓަށް ދިތަ އަންހެން ޓޫރިސްޓް ގެއްލުނީ އެކަނި ގޮސް އުޅެނިކޮށް ކަމަށާއި އޭނާ ގެއްލުނުކަަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީީ މިރޭ 20:58 ގައި ކަމަށެވެ. އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ގެއްލުނު ޓޫރިސްޓް ހޯދަން ސިފައިންގެ ޑައިވަރުން މިހާރު އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްނޯކްލިން އަށް ދިޔަ އިރު އެ ޓޫރިސްޓް ލައިގެން ހުރީ ރަތްކުލައިގެ މޫދު ހެދުމެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.