އިންޑިއާގެ ބަތަލާ ނީލަމް ކޮތާރީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭކުރަމުން އެބަދެ އެވެ،
14 ފެބުރުއަރީ 2021
އިންޑިއާގެ ބަތަލާ ނީލަމް ކޮތާރީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭކުރަމުން އެބަދެ އެވެ،
ނިލަމާއި ފިރިމީހާ/އެކްޓަރު ސަމީރު ސޯނީގެ އިތުރުން ދަރިފުޅު އަހާނާ ސޯނީ ޗުއްޓީ ހޭދަކުރަމުން އަންނަ ލިލީ ބީޗް ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމަށް ލައި ލޯބިވެރިންގެ ދުވަހުގެ ތަހުނިޔާ ވެސް ކިޔާފައިވެ އެވެ.
ނީލަމަކީ ހިންދީ ސިނަމާގައި 1980 އާއި 1990 ގެ ކުރީކޮޅު ވަރަށް ވިދައިލި ބަތަލާއެކެވެ. އޭނާގެ އަލަތު ފިލްމަކީ 1984 ގެ "ޖަވާނީ" އެވެ. އޭގެ ފަހުން ނީލަމް، 51، ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު، އޭނާ އާއި ގޯވިންދާ ޖޯޑަކީ އެ ދުވަސްރު އެންމެ މަގުބޫލުވި އެއް ޖޯޑެވެ.
ދެ ތަރިން އެކީގައި ވަރަށް ގިނަ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ލަވް 86" އާއި "ސިންދޫރު" އާއި "ޚުދުގަރްޒް" އާއި "ހަތިއާ" އަދި "ފަރްޒް ކީ ޖަންގް" ހިމެނެ އެވެ.
ނީލަމް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ބޮލީވުޑްގެ އެކްޓަރުންތަކެއް އަނބިންގެ ލައިފްސްޓައިލް ދެއްކި ނެޓްފްލިކްސްގެ ސީރީޒް "ފެބިއުލަސް ލައިވްސް" އިންނެވެ.
ވަރަށް ކާމިޔާބު، ރީތި ފިލްމުތަކެއް ކުޅުނަސް ނީލަމަކީ މިހާރު ހާލަކުން ފަހަރަކު ނޫނީ ފިލްމަކުން ފެންނަ ބަތަލާއެއް ނޫނެވެ. އޭނާ ފަހުގެ ބައެއް ފިލްމުތަކުގެ ތެރޭގައި 1999 ގެ "ހަމް ސާތު ސާތު ހޭ" އާއި "ކުޗް ކުޗް ހޯތާ ހޭ" އަދި "ކަސަމް" ހިމެނެ އެވެ.
ނިލަމްގެ ފިރިމީހާ ސަމީރު، 52، ފެނިފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ފެޝަން" އާއި "ހައި ހޭޓް ލަވް ސްޓޯރީޒް" އާއި "ވިވާ" އާއި "ބާގްބާން" އަދި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ހިމެނެ އެވެ.
ނީލަމާއި ސަމީރު ކައިވެނިކުރީ 2011 އެވެ. އެއީ ސަމީރުގެ ދެވަނަ ކައިވެންޏެވެ.
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ޕަރިނީތީ އާއިލާއާ އެކު ރާއްޖޭގައި
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ސަނާގެ ދެމަފިރިން ރާއްޖޭގައި
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި
އާރްތީ މަންމަ ގޮވައިގެން ރާއްޖޭގެ ދަތުރު ފުރިހަމަކޮށްފި
ރާއްޖެއާ ގުޅުވައިގެން އިންޑިއާގެ ތަރިންނަށް ބަހުގެ ހަމަލާ
ޝްރަދާ ރާއްޖޭން ދިޔައިރު ކުލަ ބަދަލުވެފައި
ޖާންވީގެ ޗުއްޓީ މިރިއަންދޫ ރިސޯޓްގައި