ވަޒީފާ އިން އިސްތިއުފާ ނުދޭ ކަމަށާއި އެކަހެރިވީ ލީޑިން ޓީޗަރުގެ ޒިންމާތަކުން ކަމަށް އިއްޒުންދީން ސްކޫލްގެ ކުރީގެ ލީޑިން ޓީޗަރުން ބުނެފި އެވެ.
15 ފެބުރުއަރީ 2021
ވަޒީފާ އިން އިސްތިއުފާ ނުދޭ ކަމަށާއި އެކަހެރިވީ ލީޑިން ޓީޗަރުގެ ޒިންމާތަކުން ކަމަށް އިއްޒުންދީން ސްކޫލްގެ ކުރީގެ ލީޑިން ޓީޗަރުން ބުނެފި އެވެ.
މާލޭގައި މިދިޔަ އަހަރު ގްރޭޑު 1-6 އަށް ކިޔަވައިދޭން ފެށި ސްކޫލުގެ ގްރޭޑު 1ގެ ލީޑިން ޓީޗަރު ފިޔަވައި ދެން ތިބި ފަސް ޓީޗަރުން ލީޑިން ޓީޗަރުގެ ޒިންމާތައް ދޫކޮށްލި އެއް ސަބަބަކީ، ޕްރިންސިޕަލް އިސްމާއިލް ނަސީރަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި، "މަސައްކަތުގައި ކުރިއަށް ދާނެ މިސްރާބު ނޭނގުމެ"ވެ.
އޭގެ އިތުރުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ހުރި ކަމަށް ވެސް ސިޓީގައި ލިއެފައިވެ އެވެ.
ފަސް ޓީޗަރުން ފޮނުވި ސިޓީގައި ބުނީ ސްކޫލްގެ ބައްދަވުންތަކުގައި ހިޔާލު ފާޅުކުރަން ފުރުސަތު ނުލިބުމާއި އެއްޗެކޭ ބުނެފި ނަމަ "ކުށްވެރިވާ" ކަމަށެވެ.
"....ވީމާ، މިއަދުން ފެށިގެން ލީޑިން ޓީޗަރުގެ މަގާމުން އިސްތިއުފާ ދީ ޓީޗަރަަކަށް ބަދަލުވާން ބޭނުންވާ ވާހަކަ ދެންނެވީމެވެ،" ސިޓީ ނިންމާލަމުން އެ ޓީޗަރުން ބުންޏެވެ.
ލީޑިން ޓީޗަރުންގެ ޒިންމާގެ ތެރޭގައި ޕްރިންސިޕަލްގެ ލަފަ އާއި އިރުޝާދުގެ ދަށުން އެ ގްރޭޑެއްގެ ކަންކަން ބެލެހެއްޓުން ހިމެނެ އެވެ.
ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ހެދި ސްކޫލުން 200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ސްކޫލު އިމާރާތްތަކުގެ ފެންވަރު ދަށީތަ؟ނުބެލެހެއްޓެނީތަ؟
އިއްޒުއްދީން ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށްފަހު
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
"ފިލާވަޅު ފަހުމްވުމުގައި މޫނުގެ އިޝާރާތް މުހިއްމު"