Roadha Mihaaru
ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން އިނީ ބަލިވެ

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން އިނީ ބަލިވެ

15 ފެބުރުއަރީ 2021

ދެވަނަ ދަރިފުޅު ބައިގެން ދިޔަ ވާހަކަ ވަރަށް އަސަރު ގަދަ ލިޔުމަކުން މިދިޔަ އަހަރު ހިއްސާކުރެއްވި މޭގަން މާކަލް މިހާރު އިންނެވި އާލާސްކަންފުޅާކަން އިއުލާނުކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެވަނަ ދަރިފުޅު ބައިގެން ދިޔަ ވާހަކަ ވަރަށް އަސަރު ގަދަ ލިޔުމަކުން މިދިޔަ އަހަރު ހިއްސާކުރެއްވި މޭގަން މާކަލް މިހާރު އިންނެވި އާލާސްކަންފުޅާކަން އިއުލާނުކުރައްވައިފި އެވެ.

މިކަން އެ ބޭފުޅުންގެ ތަރުޖަމާނު ވެސް ކަށަވަރުކޮށް ދެއްވާފައިވާ އިރު ސޯޝަލް މީޑިއާގައި ހެރީ އާއި މޭގަންގެ ބަނޑު ފާޅުވާ ފޮޓޯއެއް ވެސް އާންމުކޮށްފައި އެވެ. ކަޅާއި ހުދުގެ ފޮޓޯގައި ފެންނަނީ ގަހެއްގެ ދަށުގައި ދެ ކަނބަލުން ތިއްބަވަނިކޮށެވެ.

އެ ފޮޓޯ ނަގާފައި ވަނީ ހެރީ އާއި މޭގަންގެ ވަރަށް އަރިސް ފޮޓޯގްރާފަރެއް ކަމަށްވާ މިޒަން ހެރިމަން އެވެ. ފޮޓޯ ޓްވިޓާގައި ހިއްސާކޮށް އޭނާ ވެސް ދެ ބޭފުޅުންނަށް މަރުހަބާ ކިޔާފައިވެ އެވެ.

މޭގަން ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ކަށަވަރުކޮށް ދިން ނަމަވެސް އިތުރު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ. ތަރުޖަމާނު ވިދާޅުވީ އެ ދެ ބޭފުޅުން ވެސް ތިއްބެވި އާއިލާ އަށް އަނެއްކާ މެމްބަރަކު އިތުރުވާން އުޅޭތީ ވަރަށް އުފަލުން ކަމަށެވެ.

ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. ދެ ބޭފުޅުންގެ އަލަތު ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްޒާ އަށް އަންނަ މެއި މަހުގެ 6 ގައި ދެ އަހަރު ފުރޭނެ އެވެ.

ހެރީ އާއި މޭގަން ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލައްވައި 2019 ގެ ކުރީކޮޅުން ފެށިގެން ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.