Roadha Mihaaru
އެތައް ހާސް ފިނިފެންމަލުގެ ޓެޑީ ބެއާއަކަށް ރެކޯޑެއް

އެތައް ހާސް ފިނިފެންމަލުން ޓެޑީ ބެއާއެއް ހަދައި ރެކޯޑް ފޮތަށް

16 ފެބުރުއަރީ 2021

މިދިޔަ އާދީއްތަ ދުވަހު ޗައިނާގައި ބޭއްވި ހަފުލާއެއްގައި ދައްކައިލި، ފިނިފެންމަލުން ހެދި ޓެޑީ ބެއާކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އާދީއްތަ ދުވަހު ޗައިނާގައި ބޭއްވި ހަފުލާއެއްގައި ދައްކައިލި، ފިނިފެންމަލުން ހެދި ޓެޑީ ބެއާކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

ރަތް ކުލައިގެ ފިނިފެންމަލުން ހެދި ޓެޑީ އަށް ލިބުނީ ފިނިފެންމަލުން މިހާތަނަށް ހެދި އެންމެ ބޮޑު ޓެޑީގެ ރެކޯޑެވެ. އޭގައި 48،000 އަސްލު ރަތް ފިނިފެންމާ ބޭނުންކޮށްފައިވާ އިރު ބަރުދަނުގައި ހަތް ޓަނު ހުއްޓެވެ. ޓެޑީގެ އިސްކޮޅުގައި 15 ފޫޓް 10 އިންޗި ހުރި އިރު، ފުޅާމިނުގައި 12 ފޫޓް 10 އިންޗި ހުއްޓެވެ.

މި ޓެޑީ އަކީ ޗައިނާގެ ކައިވެނިކޮށްގެން އުޅޭ ދުވަސްވީ 108 ޖޯޑެއްގެ ކައިވެނީގެ ގުޅުން އާކޮށް އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ހައިނާން ޕްރޮވިންސްގެ ވެނިންގައި، ޗައިނާ ރިޖެނެރޭޓިވް މެޑިސިން އިންޓަނޭޝަނަލް ލިމިޓެޑުން އިންތިޒާމުކުރި އިވެންޓްގައި ދައްކައިލި ޓެޑީއެކެވެ. އެ ބަހައްޓާފައި އިނީ އިވެންޓްގައި އޮތް ގާލާ ޑިނާ ކުރިއަށް ދިޔަ ހޯލުގެ ތެރޭގަ އެވެ.

ކައިވެނީގެ ގުޅުން އާކުރަން ބޭއްވި ހަފުލާގައި 108 ޖޯޑެއް ބައިވެރި އިރު، އެންމެ ދުވަސްވީ ކައިވެނީގެ ޖޯޑަކީ ކައިވެންޏަށް 56 އަހަރުވީ ޒޫ ލިހަންގް، 84، އާއި ވޫ މަންޒީ، 82، އެވެ. ހަފުލާގައި ބައިވެރިވި ބައެއް ޖޯޑުންނަށް ލިބުނު އެއް އުފަލަކީ އެ މީހުން ކައިވެނި ކުރި ދުވަސްވަރު ވެޑިން ޑްރެސްއެއް ލާނެ ފުރުސަތު ނުލިބުނު ނަމަވެސް، މި އަހަރުގެ ވެލައިންޓައިންސްޑޭއާ ދިމާކޮޑް ބޭއްވި އިވެންޓުން އެކަން ހާސިލުވުމެވެ.