06 ނޮވެމްބަރ 2021
މިހާތަނަށް އެންމެ ގިނަ ލިޕް ބާމްގެ ކަލެކްޝަނެއް އޮތް މީހާގެ ގޮތުގައި ހޮން ކޮންގްގެ 6 އަހަރުގެ އަންހެން ކުއްޖަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.
މިހާތަނަށް އެންމެ ގިނަ ލިޕް ބާމްގެ ކަލެކްޝަނެއް އޮތް މީހާގެ ގޮތުގައި ހޮން ކޮންގްގެ 6 އަހަރުގެ އަންހެން ކުއްޖަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.
ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި މި އަހަރުގެ އެޕްރީލް މަހުގެ 24 އާ ހަމައަށް ސްކާލެޓް އޭޝްލީ ޗެންގްގެ ލިޕް ބާމް ކަލެކްޝަންގައި ތަފާތު އެކި ބްރޭންޑްގެ 3،388 ލިޕް ބާމް ހިމެނެ އެވެ. ލިޕް ޕާމަކީ ތުންފަތް ހިކިިވިޔަ ނުދިނުމަށް އުނގުޅާ އެއްޗެކެވެ.
ސްކާލެޓަށް މި ރެކޯޑް ލިބުނު އިރު، މިކަމުގައި އޭނާއާ އެކީ އެންމެ ބޮޑަށް ބައިވެރި ވަނީ އެއްބަނޑު އެއްބަފާ ދައްތަ ކޭލީން، 8، އެވެ. ސްކާލެޓް ބުނި ގޮތުގައި އޭނާގެ ލިޕް ބާމްގެ ކަލެކްޝަން ރެކޯޑަކަށްވީ އެ އެއްޗެހި އެއްކުރާތާ ވެސް އަހަރުތަކެއް ފަހުން ކަމަށެވެ.
"މިއީ ހޮބީއެއްގެ ގޮތުގައި ފެށުނު ކަމެއް. ވަރަށް އުފާވޭ ރެކޯޑެއް ލިބުނީމަ." ސްކާލެޓް ބުންޏެވެ.
6-year-old Scarlett Ashley Cheng has the largest collection of lip balms in the world!
— Guinness World Records (@GWR) November 4, 2021
އޭނާ ކިޔައިދިން ގޮތުގައި މިކަމެއް ފެށުމުގެ އަސްލަކީ ތަންކޮޅެއް ކުޑައިރު މާމަ ގެނެސްދިން ލިޕް ޕާމް ސްޓިކަކަށް ޖެހުނު ލޯތްބަކުންނެވެ.
"ތުންފަތް މާ ބޮޑަށް ހިކޭތީ މާމަ ގެނެސްދިން އެއްޗެއް އެއީ. އާއިލާގެ ވަރަށް ގިނަ މީހުން އާންމުކޮށް ބޭނުންކޮށް އުޅޭ އެއްޗެއް މިއީ. މާމަ ގެނެސްދިން އެތީގެ ފަހުން ލިޕް ބާމް އެއް ކުރަން ފެށީ. އަބަދު ވެސް އުންމީދު ކުރަނީ ކޮންމެ މީހެއްގެ ފަރާތުން ވެސް ގިފްޓަކަށް ވިޔަސް ލިޕް ބާމެއް ލިބޭތޯ،" ސްކާލެޓް ބުންޏެވެ. "މިއީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެއް. އަދި ކަލެކްޝަން ފެނުނީމަ އުފާވެރިކަން އިހުސާސް ކުރެވޭ."
އޭނާ ބުނީ ކަލެކްޝަން ބޮޑުކުރަން ލިޕް ބާމް އެއްކުރަން ފެށި ފަހުން، މިހާރު އެންމެ ބޮޑަށް އިސްކަން ދެނީ ވެރައިޓީ ގިނަކޮށް، ވީހާ ވެސް ގިނަ ފްލެވާތަކުގެ އެއްޗެހި އެއްކުރުމަށެވެ. އަދި މިހާރު އަމިއްލަ އަށް ދައްތައާ އެކީ ގޭގައި ވެސް ލިޕް ބާމް އުފައްދައި އާއިލާގެ މީހުންނާއި އެކުވެރިންނަށް ހަދިޔާއަކަށް ދޭ ކަމަށް ބުންޏެވެ.
"ރެކޯޑް ލިބުނީމަ އެނގުނީ ކުރާ ކޮންމެ ކަމަކީ ވެސް ހަމަ ވަރަށް މުހިއްމު ބޭނުންތެރި ކަމެއް." އަދިވެސް ކަލެކްޝަން ބޮޑުކުރަން ނިންމައިގެން ހުރި ސްކާލެޓް ބުންޏެވެ.
އޭނާގެ އާއިލާ އިން ބުނީ ތަފާތު ކަމަކުން ދަރިފުޅަށް ރެކޯޑެއް ލިބުމަކީ އާއިލާ އަށް ވެސް ލިބުނު ހާއްސަ ކަމެއް ކަމަށެވެ.
އެންމެ ދިގު ފުރާވަރު ފިރިހެން ކުއްޖާ ޗައިނާގައި
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ
ހޮންގްކޮންގްގެ މީޑިއާ މަހުޖަނު ޖިމީ ޖަލަށް
އެތައް ބަޔަކާ އެކު ޑިޒްނީލޭންޑް ތަޅުލައިފި
ތައިވާނާ މެދު އޮތް ދެނެގަތުން ޗައިނާ ދޫކޮށްލައިފި
އާ ގާނޫނުގެ ދަށުން ފުރަތަމަ ޒުވާނާ ހައްޔަރުކޮށްފި
ކޮވިޑާ ހެދި ދަރިން ހޯދުމާއި ކައިވެނިކުރުން މަދުވެއްޖެ
ދަރިންގެ ހަރަދު އެންމެ ބޮޑީ ދެކުނު ކޮރެއާގައި
ޗައިނާގެ އާބާދީ އަދިވެސް ދަނީ ދަށަށް