Roadha Mihaaru

އަގޯޑާއިން ރާއްޖޭއަށް ކަނޑައެޅި ފުރަތަމަ ކަންޓްރީ މެނޭޖަރަކަށް ދިވެއްސެއް

ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް ކޮމްޕެނީތަކުގެ ތެރޭގައ ހިމެނޭ އަގޯޑާ އިން ރާއްޖެއަށް ހަމަޖެއްސި ފުރަތަމަ ކަންޓްރީ މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

އަގޯޑާގެ ކަންޓްރީ މެނޭޖަރަކަށް ދިވެއްސެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

17 ފެބުރުއަރީ 2021

ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް ކޮމްޕެނީތަކުގެ ތެރޭގައ ހިމެނޭ އަގޯޑާ އިން ރާއްޖެއަށް ހަމަޖެއްސި ފުރަތަމަ ކަންޓްރީ މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

އެ މަގާމަށް ހަމަޖެއްސީ މީގެ ނުވަ އަހަރު ކުރިން އަގޯޑާގައި ވަޒީފާއަދާކުރަން ފަށައި އެންމެ ފަހުން ރާއްޖޭގެ ސީނިއާ މާކެޓް މެނޭޖަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަމާން އެވެ.

ރާއްޖޭގެ ކަންޓްރީގެ މެނޭޖަރުގެ މަގާމަށް އަމާން ހަމަޖެއްސުމުން ރާއްޖޭގެ އަގޯޑާ އޮޕަރޭޝަންތައް މެނޭޖްކުރުމާއި ރީޖަނަލް ޕްރޮޖެކްޓްތައް ބެލެހެއްޓުމުގެ ޒިންމާ ވެސް އޭނާ އަދާކުރައްވާނެ އެވެ.

އަމާން މީގެ ކުރިން ވިލާ ހޮޓެލްސްގެ މާކެޓިން އެންޑް ޕްރޮމޯޝަންސްގެ މެނޭޖަރުކަން ވެސް ވަނީ ކުރައްވައިފަ އެވެ.

ދަތުރު އިންތިޒާމްކުރުމުގައި ގިނަ ބަޔަކު ބޭނުންކުރާ އަގޯޑާގެ ވެބްސައިޓުން 2.5 މިލިއަނަށް ވުރެ ގިނަ ޕްރޮޕަޓީއާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.