Roadha Mihaaru
އަގޯޑާގެ އޭޝިއާ ޕެސިފިކްގެ ޑިރެކްޓަރަކަށް ދިވެއްސެއް

އަގޯޑާގެ އޭޝިއާ ޕެސިފިކްގެ ޑިރެކްޓަރަކަށް ދިވެއްސެއް

05 މާޗް 2022

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ބުކިން ޕްލެޓްފޯމް، އަގޯޑާގެ އޭޝިއާ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ބުކިން ޕްލެޓްފޯމް، އަގޯޑާގެ އޭޝިއާ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

އެ މަގާމަށް ހަމަޖެއްސި މުރާދު ހަސަނަކީ ކުރިން ވެސް އަގޯޑާގެ އިސްމަގާމެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖެ އާއި ސްރީ ލަންކާ އާއި ސިންގަޕޫރު އަދި ޔޫއޭއީ އަށް 2010-2020 އަށް ހާއްސަ ކޮށްފައިވާ އަގޯޑާގެ ޓީމު ލީޑުކޮށްފަ އެވެ.

މުރާދަކީ ޓޫރިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ހުންނެވީ ވިލާ ހޮޓެލްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ވިލާގެ އިތުރުން މުރާަދު ވަނީ ބަނޑޮހުގަ އާއި އެމްއެމްޕީއާރުސީގައި ވެސް އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.

މުރާދު ވަނީ ނޯދަންބިއާ ޔުނިވާސިޓީ އިން ބެޗެލާ އޮފް އާޓްސް އިން މާކެޓިން ފުރިހަމަ ކުރައްވައި، ވިކްޓޯރިއާ ޔުނިވާސިޓީން ބިޒްނަސް އިން ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް މާކެޓިންގެ މާސްޓާސް ނިންމަވައިފަ އެވެ.

އަގޯޑާއަކީ ސިންގަޕޫރުގެ އޮންލައިން ޓްރެވަލް އެޖެންސީއެއް ކަމަށް ވާއިރު، އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ރާއްޖެ އަށް ވެސް ގިނަ ބުކިންތަކެއް ލިބެ އެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ވަނީ އެ ވެބްސައިޓުގައި ރަޖިސްޓަރީ ވެފަ އެވެ.