24 ފެބުރުއަރީ 2021
ސެޓްލައިޓްތަކެއް މެދުވެރިކޮށް އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން ފަށާފައިިވާ ސްޓާލިންކްގެ ހިދުމަތުގައި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ހަދާނެ ކަމަށް އެ މަޝްރޫއުގެ މޭސްތިރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ސެޓްލައިޓްތަކެއް މެދުވެރިކޮށް އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން ފަށާފައިިވާ ސްޓާލިންކްގެ ހިދުމަތުގައި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ހަދާނެ ކަމަށް އެ މަޝްރޫއުގެ މޭސްތިރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ސްޓާލިންކުން މިހާރު ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އެ އަދަދު 300 މެގަބިޓަށް ބަދަލުވުމަކީ ސްޕީޑް ދެ ގުނަ އަވަސްވުމެވެ. ހަމަމިއާ އެކު މި އަހަރު ނިމުމުގެ ކުރިން ލޭޓެންސީ 20 މިލިސިކުންތަށް ދަށްވާނެ ކަމަށް ވެސް އީލޮން ވިދާޅުވި އެވެ. މިހާރު އެވްރެޖް ލޭޓެންސީ އުޅެނީ 20-40 މިލިސިކުންތާ ދޭތެރޭގަ އެވެ.
Speed will double to ~300Mb/s & latency will drop to ~20ms later this year
— Elon Musk (@elonmusk) February 22, 2021
ހިދުމަތާ ބެހޭ ގޮތުން ޓްވިޓާގައި ކުރި ސުވާލުތަކެއްގެ ޖަވާބުގައި އީލޮން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ ބޮޑު ބަޔަކަށް އަދި އަންނަ އަހަރު މުޅި ދުނިޔެ އަށް ސްޓާލިންކްގެ އިންޓަނެޓް ފުޅާވެގެންދާނެ ކަމަށެވެ. އަދި އާބާދީ މެދު މިނެއްގައި އޮންނަ ސަރަހައްދުތަކަށް އިންޓަނެޓްގެ ހިދުމަތް ދޭން އެންމެ ރަނގަޅީ ވެސް ސެޓެލައިޓް ވިއުގައެއް ކަމަށް ވިދާޅުވި އެވެ.
Most of Earth by end of year, all by next year, then it’s about densifying coverage.
— Elon Musk (@elonmusk) February 22, 2021
Important to note that cellular will always have the advantage in dense urban areas.
Satellites are best for low to medium population density areas.
ސްޓާލިންކަކީ ޖައްވަށް އެތައް ސަތޭކަ ސެޓެލައިޓް ފޮނުވައިގެން ބިނާކުރަމުން އަންނަ ވިއުގައެކެވެ. މަޝްރޫއުގެ ފުރަތަމަ މަރުހަލާ ނިމޭ އިރު 12،000 ސެޓެލައިޓް ލޯންޗްކުރާނެ އެވެ. މި އަހަރު ނުވަތަ އަންނަ އަޖަރު ނިމޭ އިރު 1،440 ސެޓެލައިޓް ލޯންޗްކުރާނެ އެވެ. އަދި މިހާރު އިތުރު 3،000 ސެޓެލައިޓްގެ ހުއްދަ ހޯދަން ވަނީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔުނިއަން (އައިޓީޔޫ) އަށް އެމެރިކާގެ ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އަށް ހުށަހަޅައިފަ އެވެ.
ސްޓާލިންކްގެ އިންޓަނެޓްގެ ޕްރި-އޯޑަރަށް މި މަހުގެ ކުރީކޮޅު ހުޅުވައިލި އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.
ސްޓާލިންކް ވެބްސައިޓް މެދުވެރިކޮށް އިންޓަނެޓް ހިދުމަތަށް ޕްރި-އޯރަށް އީމެއިލް އެޑްރެސް އާއި އެޑްރެސް ޖެހުމުން އެ މީހަކު ބޭނުންވާ ތަނަކަށް އިންޓަނެޓް ހިދުމަތް ލިބޭ ނަމަ އެނގޭނެ އެވެ. ހިދުމަތުގެ ޕްރި-އޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މި ވަގުތު މި ހިދުމަތަށް މަހަކު 99 ޑޮލަރު ނަގާނެ އެވެ.
ސްޓާލިންކްގެ އިންޓަނެޓް ފިލިޕީންސަށް ދެނީ
އެންމެ ގިނަ ސެޓެލައިޓްގެ ކޮންޓްރޯލް އީލޮން މަސްކަށް
ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ހަގީގަތަކަށް
މަތިންދާބޯޓްތަކަށް ސްޓާލިންކް އިންޓަނެޓް ދޭން މަޝްވަރާ
ސްޓާލިންކަށް އިންޑިއާއިން އަދި ހުއްދައެއް ނުދޭ
ސްޕޭސް އެކްސްގެ ފުރަތަމަ ޖައްވީ ދަތުރަށް ތައްޔާރު
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް
ގޫގުލް ކްލައުޑަށް ސްޓާލިންކް އިންޓަނެޓް
ސްޓާލިންކް އިންޓަނެޓަށް 500،000 އަށް ވުރެ ގިނަ އޯޑަރު