10 ނޮވެމްބަރ 2016
ނިއު ޔޯކް (ނޮވެމްބަރު 10) - އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޖިންސީ ގޯނާ ކުރި ކަމަށް ޓްރަމްޕާ ދެކޮޅަށް އެތައް އަންހެނުންނެއް ވާހަކަ ދެއްކި ނަމަވެސް އިންތިޚާބުގައި ޓްރަމްޕަށް ވޯޓު ދިން އަންހެނުންގެ އަދަދު މަދެއް ނޫނެވެ.
ނިއު ޔޯކް (ނޮވެމްބަރު 10) - އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޖިންސީ ގޯނާ ކުރި ކަމަށް ޓްރަމްޕާ ދެކޮޅަށް އެތައް އަންހެނުންނެއް ވާހަކަ ދެއްކި ނަމަވެސް އިންތިޚާބުގައި ޓްރަމްޕަށް ވޯޓު ދިން އަންހެނުންގެ އަދަދު މަދެއް ނޫނެވެ.
ސީއެންއެން އެގްޒިޓް ޕޯލުން ދެއްކި ގޮތުގައި ހިލަރީ ކްލިންޓަނަށް އަންހެނުންގެ ވޯޓުގެ 54 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ޓްރަމްޕް ވަނީ އަންހެނުންގެ 42 ޕަސެންޓް ވޯޓު ހޯއްދަވައިފަ އެވެ. އެމެރިކާގެ ދޮން ނަސްލުގެ 53 ޕަސެންޓް އަންހެނުން ވަނީ ޓްރަމްޕަށް ވޯޓު ދީފަ އެވެ. މީގެ ތެރޭން ވެސް 62 ޕަސެންޓް މީހުންނަކީ ކޮލެޖްތަކުން ތައުލީމް ހާސިލްކޮށްފައި ނުވާ މީހުންނެވެ. އަންގާރަ ދުވަހުގެ އިންތިޚާބުގައި ވޯޓު ދިން މީހުންގެ 52 ޕަސެންޓަކީ އަންހެނުންނެވެ.
އަންހެނުންނަށް މަލާމާތް ރައްދުވާ ގޮތަށް ޓްރަމްޕް ދެއްކެވި ވާހަކަތަކުގެ އިތުރުން އެބޯޝަންއާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އަންހެނުންގެ ވޯޓު ލިބުން މަދުވާނެ ކަމަށް ކުރިން ބެލެވުނެވެ. ގިނަ އަންހެނުން މިހާރު ކަންބޮޑު ވަނީ ވައިޓްހައުސް އަށް ވަޑައިގަތުމަށް ފަހު އެބޯޝަންއާ ބެހޭ ގޮތުން ޓްރަމްޕް ކަންތައް ކޮށްފާނެ ގޮތަކާ މެދުގަ އެވެ.
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް
ޓްރަމްޕަށް ގައުމު ހިންގަން ފުރުސަތު ދޭން ޖެހޭ: ހިލަރީ
ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ކަންތައް ނިމުނީ
ވޯޓު ގުނަން ފަށައިފި، މިހާތަނަށް ކުރީގައި ޓްރަމްޕް