މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ބުނެފައިވާ ބިލްތައް އަދިވެސް ނުފޮނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
02 މާޗް 2021
މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ބުނެފައިވާ ބިލްތައް އަދިވެސް ނުފޮނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ބިލުތައް ނުފޮނުވާތީ މަޖިލީހުގެ މަަސައްކަތް ވަަރަށް މަދުވެއްޖެ ކަމަށެވެ. ނަޝީދު ވިދާޅުވިގޮތުގައި މަޖިލީހަށް މިހާރު ފޮނުވާފައި ހުރި ބިލްތަކުގެ މަސައްކަތް ނިންމަން ސުންގަޑި ކަނޑައަޅައި، އެ ބިލްތަކުގެ މަަސައްކަތް ކޮމިޓީތަކުން އަންނަނީ ކުރަމުންނެވެ.
"މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު، އެ ދައުރަކަށް ސަރުކާރުން ފޮނުއްވަވާނެ ބިލްތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ. މި ދައުރުގައި ވެސް އެ ލިސްޓު ވަނީ ލިބިފައި. އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ވަނީ ނުލިބި،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ބިލްތައް ޑްރާފްޓް ކުރުމަށްޓަކައި މަޖިލީހުން ކުރެވެން ހުރި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މަޖިލީހުގެ އެކިއެކި މެމްބަރުންނާއި ކޮމިޓީތަކުން، ބިލްތަކުގެ ތަސައްވުރުތައް އެކުލަވާލާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެ މަސައްކަތްތައް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ބިލުތައް ނުފޮނުވާތީ މަޖިލީހުގެ މަސައްކަތް މަދުވެފައިވާ ކަމަށް.
ބޭނުންވެފައިވާ ގިނަ ބިލްތަކަކީ ނަޝީދު ވިދާޅުވިގޮތުގައި ފައިސާއާ ވެސް ގުޅުންހުރި ބިލްތަކަށް ވާތީ، އެ ބިލްތައް މަޖިލީހަށް ފޮނުވަން ޖެހޭނީ ސަރުކާރުންނެވެ. އެހެންވެ، ބަންޑާރަނައިބު އިބްރާހިމް ރިފްއަތާ ބައްދަލުކުރައްވައި، މަޖިލީހަށް އަވަހަށް ފޮނުއްވެން ހުރީ ކޮންކޮން ބިލެއްކަން އޮޅުންފިލުއްވާނެ ކަަމަށް ވެސް މަނިކުފާނު ވިދާޅުވި އެވެ. ބިލުތައް ނުލިބި ހުރި އިރު، އެމްޑީޕީގެ ލީގަލް އެޖެންޑާގައި ކުރަން ހުރި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެހެންވީމާ ބިލްތަކުގެ ކަންތަކުގައި އޭޖީއާ ވާހަކަ ދައްކަވަންވީ ހަގީގަތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މަޖިލީހުގެ އިދާރާ އަށް މިކަމުގައި ކުރެވޭނެ ވަކި ހާއްސަ މަސައްކަތެއް ނޯންނާނެ. އެހެން ނަމަަވެސް ރައްޔިތުން ވަރަށް ބޮޑެތި މުސާރަ ދީފައި އަދި ވަރަށް ގިނަ، ބޮޑު އުއްމީދުކޮށްފައި އޮންނަ މަޖިލީހެއްގައި ބޭނުންވާ ވަރަށް މަސައްކަތް ކުރިއަށް ނުދެވެންޏާ އެއީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހަށް ސަރުކާރުން ފޮނުވަން ޖެހޭ ބިލްތައް ނުފޮނުވާތީ ކުރާނެ މަސައްކަތެއް ނެތިގެން، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ ކުރިން ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން ބުނެފައި އޮތީ މި އަހަރުގެ މި ދައުރަށް 33 ބިލް ފޮނުވާނެ ކަމަށެވެ.
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
މި އުޅެނީ ލައިގެން ކާނެ އެއްޗެއް ހޯދާކަށް ނޫން:ނަޝީދު
ވޯޓުން އެމްޑީޕީ ފަޚުރުވެރިކޮށްލައިފި
އަތްފައި ބަނުމުން ވައުދު ފުއްދަން ދުވަސް ނަގާނެ:ނަޝީދު
ލަތީފްގެ އިސްލާހަށް ރައީސް ދެކޮޅު ހައްދަވައިފި
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި
އިއްތިހާދު ދަމަހައްޓަންޖެހޭ، ސަރުކާރު ނުވެއްޓޭނެ:ނަޝީދު
އެމްޑީޕީން 87 ގޮނޑިއަށް ވާދަކުރަން ވިސްނަނީ
މަޖިލިސް އިންތިހާބަށް ގޮނޑިތައް ބަހާނެގޮތް އަދި ނުނިމޭ
ކޯޓުގައި ވެސް ބަންޑާރަ ނައިބު މަޖިލީހާ ދެކޮޅަށް