09 މާޗް 2021
ސްޓެލްކޯ އިން އެތަނުގެ މުވައްޒަފުންނަށް ހިންގާ އަމިއްލަ ހެލްތު އިންޝުއުރެންސް ސްކީމް ހުއްޓާލުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެދެފި އެވެ.
ސްޓެލްކޯ އިން އެތަނުގެ މުވައްޒަފުންނަށް ހިންގާ އަމިއްލަ ހެލްތު އިންޝުއުރެންސް ސްކީމް ހުއްޓާލުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެދެފި އެވެ.
ސްޓެލްކޯއާ ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީން ބެލި ބައެއް މައްސަލަތައް ދިރާސާކުރުމަށް ފަހު ނިންމި ގޮތުގެ ތަފްސީލު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
އެސްއޯއީ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ރަޖިސްޓްރީ ކޮށްގެން ކުންފުނިތަކުން ދޭ، އިންޝުއަރެންސް ފަދަ ހިދުމަތެއް އަމިއްލަ އަށް ދިނުމަކީ ބެސްޓް-ޕްރެކްޓިކްސް ނޫން ކަމަށް ކޮމިޓީއަށް ފެންނާތީ ހެލްތް އިންޝުއުރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ހިދުމަތް ކުރިއަށް ގެންދަން އެދޭ ކަމަށެވެ.
ސްޓެލްކޯ އިން 2007 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް މުވައްޒަފުން ހެލްތް އިންޝުއަރެންސް ދެމުން ދިޔައީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށެވެ. އެއަށްފަހު އިންޝުއަރެންސް ކުންފުންޏެއް މެދުވެރިކޮށް ސްޓެލްކޯއިން ދެމުން ގެންދިޔަ ކޭޝްލެސް ހިދުމަތް ހުއްޓާލުމާއި މުވައްޒަފުންނަށް ފައިސާ ރީއިމްބާސްކުރުން ލަސްވުމާއި ކްލެއިމްތައް ރިޖެކްޓް ކުރުމުގެ ޝަކުވާ ލިބެން ފެށުމުން އެކަށީގެންވާ އަވަސް ހިދުމަތެއް ދިނުމަށް ކަމަށް ބުނރ ކުންފުނިން އިން-ހައުސް އިންޝުއަރެންސް ސްކީމެއް 2018 ވަނަ އަހަރު ފެށި އެވެ.
މި ސްކީމްގެ ދަށުން އެއް އަހަރު ދުވަހަށް 250،000ރ. ގެ ޕެކޭޖެއް ލިބޭނެ އެވެ. މި ސްކީމުގައި ޑިޕެންޑެންޓުން ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ. ކުންފުނީގެ މުވައްޒަފުންގެ ޑިޕެންޑެންޓުން މި ސްކީމްގައި ބައިވެރިކުރާ ނަމަ 3،600ރ. ދައްކަންޖެހެ އެވެ. ޑިޕެންޑެންޓުންގެ ގޮތުގައި 65 އަހަރުން މަތީގެ މީހެއް ބައިވެރިކުރާ ނަމަ އެމީހަކަށް 50 ޕަސެންޓު އިތުރަށް ދައްކަން ޖެހެ އެވެ.
މުޣުނީ ބަދަލުކުރީ އެންވަޔަރްމެންޓުގެ ސްޓޭޓްމިނިސްޓަރަކަށް
މުޣުނީ ވަކިކޮށް ސްޓެލްކޯއަށް ޝަރީފް
އާ އެމްޑީންނާ އެކު ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް
މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް މުގުނީއަށް
ސްޓެލްކޯ އިން އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކުރަނީ
ބޭރުގެ ވިޔަފާރި އަށް ސްޓެލްކޯ އިން ވަންނަން ޖެހޭ
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް
މުޣުނީ އަށް މި ފަހަރު ނަމޫނާ ލީޑަރުގެ އެވޯޑް
ބޮޑު ބަދަލެއް، ކަރަންޓު ބިލް މިހާރު އެއްވަރުކުރެވޭނެ
ސްޓެލްކޯ:ހުރިހާ ހިދުމަތެއް ސެޓިފައިކުރި ފުރަތަމަކުންފުނި