05 އޮކްޓޯބަރ 2021
އިއާދަކުރަނިވި ހަކަތަ އިތުރުކުރަން ވިސްނައި، ސްޓެލްކޯ އިން އެ ވިޔަފާރި ރާއްޖެ އިން ބޭރަށް ފުޅާކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިއާދަކުރަނިވި ހަކަތަ އިތުރުކުރަން ވިސްނައި، ސްޓެލްކޯ އިން އެ ވިޔަފާރި ރާއްޖެ އިން ބޭރަށް ފުޅާކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ބާ އިންޖީނު ސަރަހައްދުގައި ސްޓެލްކޯގެ ވޯކްޝޮޕް "ސްޓެވޯ" ހުޅުއްވައިދެއްވައި ފައްޔާޒް ވިދާޅުވީ، އިޔާދަ ކުރަނިވި ހަކަތައަކީ މުޅި ދުނިޔޭގެ މުސްތަގްބަލް ކަމަށާއި އެކަމަށް ސްޓެލްކޯއިން މިހާރަށް ވުރެ ބޮޑަށް އިންވެސްޓް ކުރަން ޖެހޭ ކަމެވެ. އޭނާ ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ އަށް ދުނިޔޭގައި ވެސް ޑިމާންޑް އޮތް އިރު މިއީ ސްޓެލްކޯ ވަރުގެ ކުންފުންޏެއް ބައިނަލްއަގުވާމީ ވިޔަފާރި އަށް ވަންނަން ލިބޭ ފުރުސަތެއް ކަމަށެވެ.
ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނސްޓަރު ފައްޔާޒް އިސްމާއިލް: ރާއްޖޭގެ ވިޔަފާރިތައް ބޭރުގެ ގައުމުތަކަށް ފުޅާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި ---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ތިމާވެށި ހިމާޔަތް ކުރަން މިސްރާބު ޖަހާފައިވާ އިރު ސްޓެލްކޯ އިން މިހާރަށްވުރެ ބޮޑަށް އިޔާދަކުރަނިވި ހަކަތަ އަށް ވިސްނަން ޖެހޭ،" އޭނާ ވިދާޅުވު އެވެ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، އިންޖީނާއި ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ރޭ ހުޅުވި ވޯކްޝޮޕުން ހައްލުކޮށްދޭނެ ކަމަށެވެ.
ސްޓެވޯ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"އަޅުގަނޑުމެންގެ އިންޖިނިއަރުންނަކީ ޖަނަރޭޓަރުތައް އެސެމްބްލް ކުރުމުގެ ގާބިލްކަން ހުރި މުވައްޒަފުން. އަޅުގަނޑުމެންގެ އިންޖިނިއަރުން މިކަމަށް އަތުކުރި އޮޅާލާފައި މިތިބީ،" އޭނާ ވިދާޅުވި އެވެ.
މުޣުނީ ބަދަލުކުރީ އެންވަޔަރްމެންޓުގެ ސްޓޭޓްމިނިސްޓަރަކަށް
މުޣުނީ ވަކިކޮށް ސްޓެލްކޯއަށް ޝަރީފް
އާ އެމްޑީންނާ އެކު ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް
މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް މުގުނީއަށް
ސްޓެލްކޯ އިން އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކުރަނީ
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް
މުޣުނީ އަށް މި ފަހަރު ނަމޫނާ ލީޑަރުގެ އެވޯޑް
ސްޓެލްކޯގެ އަމިއްލަ އިންޝުއަރެންސް ހުއްޓާލަން އެދެފި
ބޮޑު ބަދަލެއް، ކަރަންޓު ބިލް މިހާރު އެއްވަރުކުރެވޭނެ
ސްޓެލްކޯ:ހުރިހާ ހިދުމަތެއް ސެޓިފައިކުރި ފުރަތަމަކުންފުނި