14 މާޗް 2021
އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)އިން އުފައްދާ "ތާޒާ" ފެނުގެ ބްރޭންޑް އެމްބެސަޑަރުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ފިލްމީ ތަރި ނާޝިދާ މުހައްމަދު (ނާއްކޮ) ހަމަޖައްސައިފި އެވެ.
އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)އިން އުފައްދާ "ތާޒާ" ފެނުގެ ބްރޭންޑް އެމްބެސަޑަރުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ފިލްމީ ތަރި ނާޝިދާ މުހައްމަދު (ނާއްކޮ) ހަމަޖައްސައިފި އެވެ.
އައިބީއެމުން އަލަށް ތައާރަފުކުރި މި މަގާމުތަކާ އެކު ދަގަނޑޭ އާއި ނާއްކޮ ރާއްޖޭގައި ތާޒާ ފެން މާކެޓުކުރުމުގައި ބޭނުންކުރާނެ އެވެ.
އައިބީއެމްގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމް، ނާއްކޮއާ އެމްބެސެޑަރުކަން ހަވާލުކުރަނީ -- ފޮޓޯ:އައިބީއެމް
އައިބީއެމް އިން ބުނީ ކުންފުނިން ބާއްވާ ހުރިހާ މާކެޓިން ހަރަކާތެއްގައި ވެސް ދަގަނޑޭ އާއި ނާއްކޮ އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް "ތާޒާ" ފެނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އުފެއްދުން މާކެޓްކުރުމުގައި ވެސް، ރާއްޖޭގެ މަޝްހޫރު މި ދެ ޝަހުސިއްޔަތުންގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީ އާއި ޗަޕްމާ ބްރަދާސްގެ ހިއްސާ އޮންނަ އައިބީއެމްއަކީ ފުޅީގައި ބަންދުކޮށްގެން މިނަރަލް ވޯޓާ ފޯރުކޮށްދޭން އުފެއްދި ކުންފުންޏެކެވެ. "ތާޒާ"އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ފެނެވެ.
ޕްލާސްޓިކާ ދެކޮޅަށް ވެސް އައިބީއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން ބާޒާރަށް ނެރެން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ތާޒާ ފެން އޯޑަރު ކުރަން މިހާރު 1619
ތާޒާ ފެނަށް އޯޑަރު ދޭން މޯބައިލް އެޕެއް
"ތާޒާ އަހަރަކަށް": އަހަރު ދުވަހަށް ފެން ހިލޭ
ތާޒާ އިން ތިމާވެއްޓާ ރައްޓެހި އާ ޕްރޮޑަކްޓްތަކެއް
ހޫނުގަދަވެ ޑިމާންޑުބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި
"ތާޒާ ފެނުގައި ޖަރާސީމު ނެތްކަން ކަށަވަރުވެއްޖެ"
ތާނގިއަށް ދިރޭ އެއްޗެއް ނުވެއްޓޭ: އެމްޑަބްލިއުއެސްސީ
ޖަރާސީމު ހުރި ފެން މާކެޓަށް ނުނެރޭ: އެމްޑަބްލިއުއެސްސީ
ތާޒާއިން ބިއްލޫރި ފެންފުޅި އޮކްޓޫބަރު މަހު ނެރެނީ
އޯޑަރު ނެގުން މަޑުޖައްސާލުމުން ފެން ލިބުން ދަތިވެއްޖެ