16 މާޗް 2021
މެދުއިރުމަތީގައި މިހާރު ވެސް އެންމެ ކުރިއަރާފައިވާ ސިޓީގެ ގޮތުގައި ފާހަގަކޮށްލެވޭ ޔޫއޭއީގެ ދުބާއީ އަކީ 2040 ހަމައަށް އަންނަ އިރު ދިރިއުޅެން އެންމެ ހިތްފަސޭހަ ސިޓީއަށް ހަދަން ނިންމައި، އެކަމަށް ހާއްސަ މާސްޓަ ޕްލޭން ލޯންޗްކޮށްފި އެވެ.
މެދުއިރުމަތީގައި މިހާރު ވެސް އެންމެ ކުރިއަރާފައިވާ ސިޓީގެ ގޮތުގައި ފާހަގަކޮށްލެވޭ ޔޫއޭއީގެ ދުބާއީ އަކީ 2040 ހަމައަށް އަންނަ އިރު ދިރިއުޅެން އެންމެ ހިތްފަސޭހަ ސިޓީއަށް ހަދަން ނިންމައި، އެކަމަށް ހާއްސަ މާސްޓަ ޕްލޭން ލޯންޗްކޮށްފި އެވެ.
މިކަން ޓްވިޓާގައި ހާމަކުރައްވައި ޔޫއޭއީގެ ބޮޑުވަޒީރު/ނައީބު ރައީސް ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވީ 2040 ގެ ޕްލޭނުގެ ތެރެއިން ދުބާއީގައި އިގުތިސާދީ އަދި ރިއެކްރިއޭޝަނަލް ކަންކަމަށް ހާއްސަކުރާ ތަންތަން މިހާރަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމަށާއި ކުރިއަށް އޮތް 20 އަހަރު ދުބާއީގެ ޕަބްލިކް ބީޗް އޭރިއާތައް 400 ޕަސަންޓަށް އިތުރުވެގެން ދާނެ ކަމަށެވެ.
"ހަމަ މިއާ އެކު ދުބާއީގެ ފަސްދޮޅަސް ޕަސެންޓް ހާއްސަވާނީ ނޭޗާ [ގުދުރަތީ] ރިޒާވްތަކަށް،" ޝެއިހް މުހައްމަދު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ހިތްފަސޭހަ ސިޓީ އަށް ދުބާއީ ހަދަން އަމާޒު ހިފާފައިވާ އިރު އެތަނުގެ އިންފްރާސްޓްރަކްޗާތައް މިހާރަށް ވުރެ ބޮޑަށް ވަރުގަދަކޮށް އިގުތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާކުރަން ހާއްސަ ސަމާލިކަމެއް ދޭނެ އެވެ.
"މިކަމުގެ ސަބަބުން ދުބާއީގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް އިތުރު ދިރިއުޅުމުގެ ވައްޓަފާޅި އަށް ވެސް ބޮޑު ބަދަލެއް ގެނުވާނެ،" ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.
We launched Dubai 2040 Urban Master Plan with aims to make Dubai the world's best city to live in. Areas dedicated to economic & recreational activities will double, our public beach areas will increase by 400% over the next 20 years & 60% of Dubai's area will be nature reserves pic.twitter.com/Td3qsyGadj
— HH Sheikh Mohammed (@HHShkMohd) March 13, 2021
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އަމާޒަކީ އުފާވެރި ހަމަޖެހޭ ތަނަވަސް ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ތަނަކަށް މުޅި ދުބާއީ ހެދުމެވެ. އަދި އެ ވިސްނުމާއި ފިކުރަކީ މިއަދުގެ ޚިޔާލެއް ނޫން ކަމަށާއި އެއީ 1960 ގެ އަހަރުތަކުން ފެށިގެން ވެސް ދުބާއީގެ އަމާޒު ކަމަށް މުހައްމަދު ވިދާޅުވި އެވެ.
ޔޫއޭއީގެ ތަރައްގީގެ ބާނީ އަކީ އަވަހާރަވެފައިވާ ޝެއިޚް މުހައްމަދުގެ ބައްޕާފުޅު ޝެއިޚް ރާޝިދު ބިން ސައީދި އަލް މަޚްތޫމެވެ. އެ ގައުމު މިހާރު މި ދެކޭ ތަރައްގީގެ ފެށުމަކީ އެ މަނިކުފާނުގެ ދުރު ވިސްނުންފުޅެވެ. އެހެންވެ ދަރިކަލުން މުހައްމަދު ވެސް ހުންނެވީ ބައްޕާފުޅުގެ އެ މަސައްކަތުގައި ސާބިތުވެ އެވެ.
ދެހާސް ސާޅީހާ ހަމައަށް އަންނަ އިރު ދުނިޔޭގެ އެންމެ ހިތް ފަސޭހަ ސިޓީއަކަށް ދުބާއީ ހަދަން އެކުލަވާލި މާސްޓަ ޕްލޭނަކީ ޔޫއޭއީ ތަރައްގީކުރަން 1960 ގެ ފަހުން އެކުވަލާލި ހަތް ވަނަ މާސްޓް ޕްލޭނެވެ. އެގޮތުން ގައުމުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ރިއާޔަތްކޮށް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގައި މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި ޔޫއޭއީ އަންނަނީ ސާބިތުކަން ދައްކަމުންނެވެ.
The new urban plan aims to design life in Dubai for the next 20 years, provide the best quality of life and pave the way for the next major residential and economic developments in the city. pic.twitter.com/VMUCzP2O1k
— HH Sheikh Mohammed (@HHShkMohd) March 13, 2021
"އާ ޕްލޭންގެ ދަށުން މިހާރު ދުބާއީގައި ހުރި އެތައް ވަސީލަތެއް ތަރައްގީކުރެވި ނެތް އެތައް ވަސީލަތްތަކެއް ގާއިމުކުރެވި ތަރައްގީގެ މަގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާނެ. އަދި މިކަންކަން ކުރިއަށް ގެންދާނީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާ އެއްގޮތަށް،" މުހައްމަދު ވިދާޅުވި އެވެ.
ދުބާއީގެ ތަރައްގީގެ އާ ޕްލޭންގެ ދަށުން އިތުރު އިތުރު ސްކޫލްތާއި ހޮސްޕިޓަލްތަކާއި މަގުތަކާއި ސާވިސް ސެންޓަރުތަކާއި ލެޝާ އަށް ހާއްސަ އެތައް ތަނެއް ވަސީލަތެއް ތަރައްގީކުރެވިގެން ދާނެ އެވެ. އެގޮތުން ވަކިން ހާއްސަކޮށް އާ މާސްޓަ ޕްލޭންގެ ދަށުން ދުބާއީގެ ފަރުބަދަމަތީގެ ސަރަހައްދެއް ކަމަށްވާ ހައްޓާ އަށް ހާއްސަ އިސްކަމެއް ދީގެން "ހައްޓާ ޑިވެލޮޕްމަންޓް ޕްލޭން" ގެ ތެރެއިން އެތަކެއް ވަސީލަތެއް ތަރައްގީކުރާނެ އެވެ.
ނުވަ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޔޫއޭއީ އަކީ ވަރަށް މަސްހުނި އާބާދީއެއް އޮންނަ ގައުމެކެވެ. އެ ގައުމުގެ އާބާދީގެ 60 ޕަސަންޓަކީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ދުބާއީގައި އަޅަނީ
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
"ރަސްމާލެ" އިން އިންގިލާބީ ތަރައްގީ ފެންނާނެ:ރައީސް
ތަރައްގީ ހޯދަން ޔޫއޭއީގެ ތަޖުރިބާ ބޭނުންކުރާނެ: ރައީސް
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ
ތައިލެންޑާ ހަމައަށް ވިޔަސް ޑޭޝް8 ގައި ގެންދާނެ:ރައީސް
ހަމަޖައްސާނީ ރަނގަޅަށް ކަންކަން ކޮށްދޭ ސަފީރުން
ލަތީފާގެ ހަޔާތަށް ނެޓްފްލިކްސް އިން ސީރީޒެއް ހަދަނީ
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ