Roadha Mihaaru
ކްރިޕްޓޯކަރަންސީއާ ދެކޮޅަށް އިންޑިއާ އިން ގާނޫނެއް

ކްރިޕްޓޯކަރަންސީއާ ދެކޮޅަށް އިންޑިއާ އިން ގާނޫނެއް ހަދަނީ

17 މާޗް 2021

ޑިޖިޓަލް ފައިސާގެ މަގުބޫލުކަން ގައުތަމުތަކުގައި ބޮޑުވަމުން އަންނަ އިރު އިންޑިއާ އިން ކްރިޕްޓޯކަރަންސީ މަނާކުރަން ގާނޫނެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޖިޓަލް ފައިސާގެ މަގުބޫލުކަން ގައުތަމުތަކުގައި ބޮޑުވަމުން އަންނަ އިރު އިންޑިއާ އިން ކްރިޕްޓޯކަރަންސީ މަނާކުރަން ގާނޫނެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެފަދަ ގާނޫނެއް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ޑްރާފްޓްކޮށް، އެ ބިލް ހުށަޙަޅަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެ ފާސްވުމާ އެކު ސަރުކާރުން ބިލް ތަސްތީގުކުރާނެ އެވެ. އެއާ އެކު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި ކްރިޕްޓޯކަރަންސީއާ ގުޅުން ހުރި އެއްވެސް މުއާމާތެއް ހިންގުން މަނާވާނެ އެވެ.

ރޮއިޓާޒް އިން ބުނިގޮތުގައި ކްރިޕްޓޯކރަންސީއާ ދެކޮޅަށް އިންޑިއާ އިން އެކުލަވާލާ ގާނޫނު ފާސްކުރާ ހިސާބުން އެ ގައުމުގައި މިހާރު ކްރިޕްޓޯކަރަންސިގެ މުއާމަލާތް ހިންގާފައިވާ މީހުންނަށް އެ މީހުންގެ މުދާ ލިކިއުޑޭޓްކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ކްރިޕްޓޯކަރަންސީއާ ދެކޮޅަށް ހަދަން އުޅޭ ގާނޫނުގެ ދަށުން އެފަދަ މުއާމަލާތްކުރާ މީހުންނަށް އިންޑިއާގައި މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭ ގޮތަށް ގާނޫނާ ގުޅޭ ގޮތުން އެކުލަވާލި ސަރުކާރުގެ ޕެނެލް ބޯޑުން 2019 ގައި ލަފާ ދީފައިވެ އެވެ.

ކްރިޕްޓޯކަރަންސީއާ ދެކޮޅަށް ގާނޫނެއް އެކުލަވާލާ އިރު ސަރުކާރުގެ އިސް އޮފިޝަލުންތަކަކާށ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެ މަސައްކަތް މިހާރު އޮތި އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އެގޮތުން ގާނޫނު ފާސްވެ އެ އެއަށް އަމަލުކުރަން ފަށާ ހިސާބުން އިންޑިއާގައި "ކްރިޕްޓޯކަރަންސީގެ ހުރިހާ ޕްރައިވެޓް" މުއާމަލާތްތައް މަނާވާނެ އެވެ. މިއާ އެކު އިންޑިއާވާނީ ކްރިޕްޓޯކަރަންސީއާ ދެކޮޅަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ފުރަތަމަ ގައުމަށެވެ.

ބައެއް މީޑިއާތަކުން ބުނީ ޗައިނާ ގަފަދަ ގައުމުތަކުގައި ވެސް ވިޔަފާރީގެ ދާއިރާގައި ހަރުކަށި އުސޫލުތަކެއް ގެންގުޅުނަސް އެ ގައުމަކީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކާ ދެކޮޅު ގައުމެއް ނޫން ކަމަށެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އަމާޒަކީ ބިދޭސީ ކްރިޕްޓޯކަރަންސީތަކަށް އެ ގައުމުގައި ފުރުސަތު ނުދީ އަމިއްލަ ޑިޖިޓަލް ފައިސާއެއް ތައާރަފުކުރުމެވެ. އެ ގައުމުގެ މަރުކަޒީ ބޭންކުން 2018 ގައި ވަނީ ބިޓްކޮއިންގެ މުއާމަލާތްތައް ވެސް ހުއްޓުވައިފަ އެވެ. ބިޓްކޮއިނަކީ ކްރިޕްޓޯކަރަންސީގެ ތެރެއިން އެންމެ ފުރަތަމަ ވުޖޫދަށް އައި ޑިޖިޓަލް ފައިސާ އެވެ. އެއީ 2009 ގަ އެވެ.

އިންޑިއާ އިން ކްރިޕްޓޯކަރަންސީއާ ދެކޮޅަށް މަސައްކަތްކުރާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އެގޮތުން ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކްރިޕްޓޯކަރަންސީ މަނާކުރުމުގެ ބަދަލުގައި އެ ރެގިއުލޭޓްކުރާނެ ގޮތްތަކެއް ހަމަޖެއްސުން މާ ބުއްދިވެރި އެވެ.