Roadha Mihaaru
500 އާއި 1،000 ރުޕީސް އުވާލަން ނިންމައިފި

500 އާއި 1،000 ރުޕީސްގެ ނޫޓު އިންޑިއާގައި ބޭނުންކުރުން ހުއްޓާލައިފި

08 ނޮވެމްބަރ 2016

ނިއު ދިއްލީ (ނޮވެމްބަރު 8) - އިންޑިއާގެ ފައިސާގެ ބާޒާރުގައި މިހާރު ބޭނުންކުރާ 5،00 އާއި 1،000 ރުޕީސްގެ ނޫޓު ނޮވެމްބަރު 8 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަރަށް ކުއްލި ގޮތަކަށް އިއުލާން ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ނޮވެމްބަރު 8) - އިންޑިއާގެ ފައިސާގެ ބާޒާރުގައި މިހާރު ބޭނުންކުރާ 5،00 އާއި 1،000 ރުޕީސްގެ ނޫޓު ނޮވެމްބަރު 8 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަރަށް ކުއްލި ގޮތަކަށް އިއުލާން ކުރައްވައިފި އެވެ.

ގައުމީ މުޚާތަބް ކުރައްވާ މޯދީ ދެއްވި ބަޔާނުގައި މިރޭ ވިދާޅުވީ މިއީ ކޮރަޕްޝަނާއި ކަޅު ފައިސާގެ ބާޒާރު ހުއްޓުވުމަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. މިއީ ޕާކިސްތާނުގައި ތިބެ އިންޑިއާ އަށް ހަމަލާދޭ މީހުންނަށް ދޭ އިންޑިއާގެ ވަގު ފައިސާ ހުއްޓުވުމުގެ ގޮތުން ވެސް އަޅާ ފިޔަވަޅެއް ކަމަށް މޯދީ ވިދާޅުވި އެވެ.

އިންޑިއާގައި މިހާރު ބޭނުންކުރާ 500 ރުޕީސް އަންގާރަ ދުވަހުގެ ރެއިން ފެށިގެން ވަނީ ބޭނުންކުރުން ހުއްޓާލާފައި. --ފޮޓޯ:އޭއެފްޕީ

އިންޑިއާގައި މިހާރު ބޭނުންކުރާ 500 ރުޕީސް އަންގާރަ ދުވަހުގެ ރެއިން ފެށިގެން ވަނީ ބޭނުންކުރުން ހުއްޓާލާފައި. --ފޮޓޯ:އޭއެފްޕީ

"ކަޅު ފައިސާ އަކީ ކޮރަޕްޝަނާއި ފަގީރުކަން ނައްތާލުމަށް އޮތް އެންމެ ބޮޑު ހުރަސް،" ގައުމީ ޓީވީ މެދުވެރިކޮށް މޯދީ ވިދާޅުވި އެވެ. "2014 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް ގެނައި އިރު އިންޑިއާގެ އިގްތިސާދު އޮތީ ވަރަށް ބަލިކަށިކޮށް. އެކަމަކު މިހާރު އިންޑިއާ އަކީ އިގްތިސާދީ ތަރިއެއް. މިއީ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބުނާ ވާހަކަ."

އިންޑިއާ މީހުންގެ އަތުގައި ހުރި 500 އާއި 1،000 ރުޕީސްގެ ފައިސާ ބަދަލު ކުރަން ވަނީ 50 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ޑިސެމްބަރު 30 ގެ ކުރިން ކޮންމެވެސް ސަބަބަކާ ހުރެ ފައިސާ ބަދަލު ނުކުރެވޭ މީހުންނަށް އަންނަ އަހަރުގެ މާޗު 31 ގެ ނިޔަލަށް ވަނީ އައިޑީގެ ޕްރޫފަކާ އެކު ފުރުސަތު ދީފަ އެެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކާއި އެއާޕޯޓްތަކާއި ރޭލް ސްޓޭޝަންތަކުން ވެސް ނޮވެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ބޭނުން ކުރާ 500 އާއި 1،000 ރުޕީސް ބަލައިގަންނާނެ އެވެ.

އިންޑިއާގައި އަލަށް ބޭނުންކުރަން ފަށާ 500 އާއި 2،000 ރުޕީސްގެ ނޫޓް. --ފޮޓޯ:އެންޑީޓީވީ

އިންޑިއާގައި އަލަށް ބޭނުންކުރަން ފަށާ 500 އާއި 2،000 ރުޕީސްގެ ނޫޓް. --ފޮޓޯ:އެންޑީޓީވީ

އިންޑިއާގެ ބޭންކުތަކާއި އޭޓީއެމްތައް ބުދަ ދުވަހު ބަންދުވާނެ އެވެ. އަދި ބައެއް އޭޓީއެމްތައް ބުރާސްފަތި ދުވަހު ވެސް ބަންދުވާނެ އެވެ. އަންގާރަ ދުވަހުގެ ރޭ 12 އިން ފެށިގެން އެއްވެސް އޭޓީއެކަމުން 500 އާއި 1،000 ރުޕީސްގެ ނޫޓު ގަބޫލެއް ނުކުރާނެ އެވެ.

މޯދީ ވިދާޅުވީ 500 އާއި 2،000 ރުޕީސްގެ އާ ނޫޓެއް ރިޒާވް ބޭންކުން ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އާ ފައިސާގެ ނޫޓު ބުރާސްފަތި ދުވަހު ބާޒާރަށް ނެރޭނެ އެެވެ.