Roadha Mihaaru
ބޮޑު ނިންމުން މޯދީ ނިންމީ ދެތިން މީހެއްގެ ލަފަޔާ އެކު

އިގްތިސާދީ ބޮޑު ނިންމުން މޯދީ ނިންމީ ދެތިން މީހަކާ މަޝްވަރާކޮށްފައި: ރާހުލް

21 ނޮވެމްބަރ 2016

ނިއު ދިއްލީ (ނޮވެމްބަރު 21) - އިންޑިއާގެ މާލީ ބާޒާރުން 500 އާއި 1،000 ރުޕީސްގެ ނޯޓު ކުއްލި ގޮތަކަށް ނެގުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިންމެވީ ގިނަ ބައެއްގެ ޚިޔާލު ހޯދުމުގެ ބަަދަލުގައި އެންމެ ދެތިން މީހެއްގެ މަޝްވަރާ ހޯއްދަވައިގެން ކަމަށް އިދިކޮޅު ލީޑަރު ރާހުލް ގާނދީ މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފައިސާ ނެގުމަށް ނިއު ދިއްލީގެ އޭޓީއެމްއެއްގެ ކައިރީގައި ކިޔޫގައި ހުންނަވާ ކޮންގްރެސްގެ ނައިބް ރައީސް ވިދާޅުވީ ރައްޔިތުން އުޅޭ ދަތި ހާލު އަމިއްލަ އަށް ވަޒަން ކުރަން ބޭނުންވާ ކަމަށެވެ. ރާހުލް ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭޓީއެމްގައި ކިޔޫގައި ޖެހިގެން ފައިސާ ނަންގަވައިފަ އެވެ.

"އަޅުގަނޑު ދާ ކޮންމެ ފަހަރަކު ވެސް ރައްޔިތުން ތަހައްމަލް ކުރަން ޖެހޭ އުނދަގޫތައް އިހްސާސް ކުރެވޭ. މި ދުވަސްވަރު މޯދީ ހުންނެވީ އެހެން ލެވެލްއެއްގައި،" ރާހުލް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީން ދަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.

ކުރީގެ 500 އާއި 1،000 ރުޕީސްގެ ނޫޓް ބަދަލު ކުރަން ބޭންކުތަކުގައި ކިޔޫ ޖެހިގެން އެތައް އެތައް އިރަކު ތިބެން ޖެހެ އެވެ. އަދި އޭޓީއެމުން ވެސް މީހަކަށް ދުވާލަކު ނެގެނީ 2،500 ރުޕީސް އެވެ. ބާ ނޫޓް ބަދަލު ކުރަން ވަނީ ޑިސެމްބަރު 30 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.

މި މަހު 8 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެނެ 500 އާއި 1،000 ރުޕީސްގެ ނޫޓް ބޭނުން ނުކުރެވޭނެކަން މޯދީ އިއުލާން ކުރެއްވީ އެ ރޭ 8 ޖެހި އިރު އެވެ. ބާ ނޫޓުގެ ބަދަލުގައި މިހާރު ވަނީ 500 އާއި 2،000 ރުޕީސްގެ އާ ނޫޓް ތައާރަފްކޮށްފަ އެވެ.