19 މާޗް 2021
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އެލްބާ ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތްތަކެއް ނެރެން ނިންމައިފި އެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އެލްބާ ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތްތަކެއް ނެރެން ނިންމައިފި އެވެ.
އިނގިރޭސިވިލާތަށް އުފަން އެކްޓަރު ވަނީ ކުރެހުންތައް ހިމަނައިގެން ކިޔައިދޭ ވާހަކަ ފޮތްތައް ނެރެން، މަޝްހޫރު ޕަބްލިޝިން ހައުސް ހާޕާ ކޮލިންސްއާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.
މީގެ ފުރަތަމަ ސީރީޒް ނެރޭނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ އިޑްރިސް، 48، އިންސްޓަގްރާމްގައި ބުނީ އޭނާ އާއި ރައިޓިން ޕާޓްނަރު ރޮބީން ޗާޓެރިސް ގުޅިގެން ގެނެސްދޭ ވާހަކަ ސީރީޒަކީ އަލަތު ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅު އިޒާން އެލްބާގެ ހަޔާތުން އިންސްޕަޔާވެގެން ގެނެސްދޭނެ ވާހަކަތަކެއް ކަމަށެވެ.
"ދަރިފުޅުގެ ފަރާތުން އިންސްޕަޔާވެގެން ރޮބީންއާ ގުޅިގެން ވާހަކަތަކެއް ގެނެސްދެވުމަކީ ވަރަށް ބޮޑު ޝަރަފެއް،" އިޑްރިސް ބުންޏެވެ.
އޭނާއާ ގުޅިގެން ނެރެން ނިންމާފައިވާ ވާހަކަ ސީރީސްއާ ބެހޭ ގޮތުން ހާޕާ ކޮލިންސްގެ އެކްޒެކެޓިވް ޑިރެކްޓަރު އޭން ޖެނައިން މާޓާ ވިދާޅުވީ އެ ވާހަކަ ސީރީޒްވެގެން ދާނީ ވަރަށް ޝައުގުވެރި ކުޑަކުދިން ވަރަށް ގަޔާވާނެ އެއްޗަކަށް ކަމަށެވެ.
"އިޑްރިސް އަކީ ވަރަށް ކްރިއޭޓްވި މީހެއް. ވާހަކަ ސީރީޒްއާ ގުޅޭ ގޮތުން އޭނާގެ ތަސައްވުރު ވަރަށް ސާފު. އެހެންވީމާ މި ވާހަކަތައް ވާނީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ އެއްޗިއްސަށް." އޭނާ ވިދާޅުވި އެވެ. "ޝައުގުވެރި އެތައް ކެރެކްޓާތަކެއް ވާހަކަތަކުން ފެނިގެން ދާނެ."
ވާހަކަ ސީރީޒްގެ ފުރަތަމަ ބައި އަންނަ އަހަރު ނެރެން ނިންމި ނަމަވެސް ނެރޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ލިޔުންތެރިއެއްގެ ގޮތުގައި އިޑްރިސް މަސައްކަތް ފެށި އިރު އޭނާ އަކީ އެކްޓަރެއްގެ އިތުރުން ޑީޖޭއެއް، ސޯންގް ރައިޓަރެއް، ޕްރޮޑިއުސަރެއް އަދި ރެޕާއެކެވެ.
އަންނަ މަހުގެ 2 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ "ކޮންކްރީޓް ކައުބޯއި" ގެ އެކްޓަރުގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދަ ސުއިސައިޑް ސްކޮޑް" އާއި "ދަ ހާޑާ ދޭ ފޯލް" އަދި "ތުރީ ހަންޑްރެޑް އިޔާޒް އޮފް ލޯންގިން" ހިމެނެ އެވެ.
ޕްރިންސް ހެރީ ބަޔޮގްރަފީ ލިޔުއްވަނީ
ހިއު ގްރާންޓް މިހާރު ލީޑް ރޯލު ބޭމުނެއް ނޫން
"ވަން ޑިރެކްޝަން" ގެ ލިއަމް ކުރު ފިލްމަކަށް
އިޑްރިސްގެ ދެމަފިރިންގެ ޕޮޑްކާސްޓް ޝޯއެއް
ފްރެޑީ މާކިއުރީގެ ވާހަކަ ތަސްވީރުން
ކޭޓްގެ އަންހެން ދަރިފުޅު ވެސް ފިލްމު ކުޅެނީ
އެންޖެލީނާ އަށް ޕިޓް ދިން ކުރެހުމަށް ރެކޯޑް އަގެއް
އެކްޓަރު ލޯރެންސް ލަންޑަންގެ މޭޔަރަކަށް ވާދަކުރަނީ
"އަންފިނިޝްޑް" ނެރެފި؛ ޕްރިޔަންކާގެ އެތައް ވާހަކައެއް
ޓޮމް ހޮލަންޑްގެ ހުވަފެނީ ރޯލަކީ ޖޭމްސް ބޮންޑް