Roadha Mihaaru

އާ ފިޝިން ޕްލެޓްފޯމްގެ ޑިޒައިން ދައްކާލައިފި

މަސް ބާނަން ހާއްސަކޮށްގެން މާލޭގައި ހަދާ އާ ފިޝިން ޕްލެޓްފޯމުގެ ޑިޒައިން މާލެ ސިޓީ ކައުންސިލުން މިއަދު ދައްކާލައިފި އެވެ.

އާ ފިޝިން ޕްލެޓްފޯމުގެ ޑިޒައިން ދައްކާލައިފި
އިދުހާމް ނައީމް
އިދުހާމް ނައީމް

17 މާޗް 2021

މަސް ބާނަން ހާއްސަކޮށްގެން މާލޭގައި ހަދާ އާ ފިޝިން ޕްލެޓްފޯމުގެ ޑިޒައިން މާލެ ސިޓީ ކައުންސިލުން މިއަދު ދައްކާލައިފި އެވެ.

ސިޓީ ކައުންސިލުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މި ޕްލެޓްފޯމު ހަދަނީ ރަސްފަންނުގައި ހުރި ޕްލެޓްފޯމާ އެއްގޮތަށެވެ. ނަމަވެސް މި ޕްލެޓްފޯމުގައި މީހުން އިށީންނާނެ ޖާގަ އާއި މޫދަށް ވެސް ފޭބޭނެހެން ސިޑިއެއް ހުރެ އެވެ.

މި ޕްލެޓްފޯމު ހަދަނީ ވެސްޓު ޕާކް ސަރަހައްދުގައި މިހާރު ހުރި ފިޝިން ޕްލެޓްފޯމް ނެގުމަށް ފަހު އެވެ.

މި ތަން ހަދަނީ އެސްޓީއޯ އާއި އެމްޓީސީސީ ގުޅިގެން އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. މި ތަނުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ވެސްޓު ޕާކް ސަރަހައްދުގައި މިހާރު ވަނީ ޕާކަކާއި ބަސް ސްޓޮޕެއް ވެސް ހަދައިފަ އެވެ. މި ދެ ތަން ވެސް ބަލަހައްޓަނީ އެސްޓީއޯއިންނެވެ.