Roadha Mihaaru

ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

18 މާޗް 2021

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމު ދުވަސްވީ ގުޅުން މިހާރަށް ވުރެ ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުން ބިނާވީ މިހާރު ވެސް ރާއްޖެ އާއި ބަންގްލާދޭޝްއާ އޮތް އެކުވެރިކަން، މި އެކުވެރި ގުޅުމާއި ވިޔަފާރީގެ ތެރެއިން އިތުރަށް ބަދަހިކުރުމަށް،"" ޓްވީޓްގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް މިއަދު ވަނީ ބަންގްލަދޭޝްގެ ސަރުކާރާ އެކު ބައްދަލުވުންތަކެއް ބާއްވަވައި، އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފަ އެވެ. އަދި ބަންގްލަދޭޝްގައި އުޅޭ ދިވެހި އާއިލާތަކާ ވެސް އެ މަނިކުފާނު ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ.

ރައީސާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބަންގްލަދޭޝަށް އިއްޔެ ވަޑައިގަތީ ގަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ބަންގްލާދޭޝް ދަތުރުފުޅު ނިންމަވާލައްވާނީ ހޮނިހިރު ދުވަހު އެވެ.