Roadha Mihaaru
ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

13 ނޮވެމްބަރ 2016

އިސްލާމިކް ޔުނިވަސިޓީ ކައިރިން ޒުވާނަކަށް ތޫނު އެއްޗަކުން މި ރޭ ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިސްލާމިކް ޔުނިވަސިޓީ ކައިރިން ޒުވާނަކަށް ތޫނު އެއްޗަކުން މި ރޭ ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުސް އޮފީހުން ބުނީ ޒުވާނަކަށް ހަމަލާދީގެން މި ރޭ ނުވައެއް ޖަހާކަށް ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު އެއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި އެ ޒުވާނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ހާލު ސީރިއަސް އެވެ. އެކަމަކު އެކަން އޭޑީކޭ އިން އަދި ޔަގީނެއް ނުކޮށްދެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މަޖީދީ މަގުގައި މާރާމާރީ ހިންގައި ދެ މީހަކު ވަނީ ޒަހަމު ކޮށްލައިފަ އެވެ. އެ މާރާމާރީ ހިންގާފައިވަނީ މަރުތޭލާއި ލަކުޑިފަތި އާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެންނެވެ.

މާލޭގައި އަނެއްކާ ވެސް މާރާމާރީތައް އިތުރުވާން ފެށުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެ އޮޕަރޭޝަންގައި ފިނޭންސް މިނިސްޓްރީ ކައިރީީ ހުންނަ ސެންޓްރަލް ޕާކު ކެފޭ ބަލައި ފާސްކޮށް 25-30 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެކަމަކު 15 މީހަކު ފިޔަވައި އެހެން އެންމެން ވަނީ ދޫކޮށްލާފަ އެވެ.