22 މާޗް 2021
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅޭ ގޮތުން ތަހުގީގެއް ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށް ވިދާޅުވެ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އަށް ޖަވާބުދާރީވާން ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ދެކޮޅު ހައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅޭ ގޮތުން ތަހުގީގެއް ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށް ވިދާޅުވެ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އަށް ޖަވާބުދާރީވާން ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ދެކޮޅު ހައްދަވައިފި އެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މަލީހު ވަޑައިގަތީ އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރި ދުވަހު މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ މަޖިލީހަށް އޭނާ ކުރެއްވި ބޮޑެތި ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލު ކުރަން ކޮމިޓީން ބޭނުންވުމުންނެވެ. އެ ސިޓީ އަށް އިޖާބަ ދެއްވައި ކޮމިޓީ އަށް މިއަދު ވަޑައިގެންނެވި ނަމަވެސް އޭނާ ތަކުރާރުކޮށް، އެ ކޮމިޓީގައި ވިދާޅުވީ، ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި އޮތް ގޮތުން މަލީހުއާ ސުވާލު ނުކުރެވޭނެ ކަމަށެވެ.
މަލީހުގެ ތުހުމަތަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަަރީފަށް މަޖިލީހުން ބިރު ދެއްކުމެވެ. ޝިދާތާ އިސްތިއުފާ ދެއްވީ އެހެންވެ ކަމަށް މަލީހު ވިދާޅުވެ އެވެ.
މަލީހުގެ އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން އިމްތިޔާޒާ ބެހޭ ކޮމިޓީގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު އެ ދުވަހު ވިދާޅުވީ، ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު، ދައުވާ ކުރަން ޖެހޭ ނަމަ މަލީހާ ދެކޮޅަށް މަޖިލީހުން ދައުވާ ކުރާނެ ކަމަށެވެ.
މަލީހު، ކޮމިޓީގައި މިއަދު ވިދާޅުވީ އެ ދުވަހު ދެއްކެވި ވާހަކަ މަޖިލީހުގެ އަރުޝީފުގައި ހުންނާނެ ކަމަށާއި އެ ވާހަކައާ ބެހޭ ގޮތުން [މަޖިލީހުން] ކުރަން ބޭނުންވާ ކަމެއް ކުރަންވީ ކަމަށެވެ.
"ގާނޫނުގައި ނެތް ބާރެއް އެއްވެސް ބަަޔަކަށް ބޭނުމެއް ނުކުރެވޭނެ. އެހެންވީމާ އެ ދުވަހުގެ ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކައާ ތިބޭފުޅުން ދެއްކެވި ވާހަކައާ ބެހޭ ގޮތުން ތަހުގީގެއް ނުހިންގޭނެ. އެހެންވީމާ އެއާ ގުޅޭ ގޮތުން ވާހަކައެއް ދައްކައިފިއްޔާ އަޅުގަނޑު ގާނޫނުއަސާސީއާ ޚިލާފުވާނެ. އެފަދަ އަމަލެއް އަޅުގަނޑެއް ނުކުރާނަން،" މަލީހު ވިދާޅުވި އެވެ.
މަޖިލީހުގައި ނެތް ބާރެއް ބޭނުންކުރާ ކަމަށް މަޖިލީހަށް ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވައި، މެމްބަރުންނަށް ގާނޫނީ ފިލާވަޅެއް ނަންގަވައި ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި މަލީހު ވިދާޅުވި އެވެ. އޭނާގެ
އެ ވާހަކަ އަށް ރައްދު ދެއްވައި ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ، އެގޮތަށް ދެކެވަޑައިގަންނަވާ ނަމަ މަލީހަށް މަޖިލީހުން ސިޓީ ފޮނުވި ހިސާބުން އިންކާރު ކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވަކި ކަމަކަށް ސިޓީ ފޮނުވައިގެން އެ ސިޓީ ލިބިވަޑައިގެން، އެ އަށް ޖަވާބުދާރީވާން މިތަނަށް ވަޑައިގަތީ. ކީއްވެތޯ ވަޑައިގަތީ؟ އެހެންވެއްޖެއްޔާ އެއަށް ޖަވާބުދާރީވާން ޖެހޭނެ،" މަލީހަށް ރައްދު ދެއްވަމުން ސަނީފް ވިދާޅުވި އެވެ.
"ހަމަ އޮންނާނެ ނޫންތޯ ގާނޫނުއަސާސީގައި އެބުނި ބާރު؟ މިއީ ގާނޫނާ ހިލާފަށް ހިނގާ ކޮމިޓީއަކަށް ވާތީ ނުދިޔައީއޭ ވެސް ބުނަން އޮންނާނެތާ؟"
މަލީހު މިއަދު ދައްކަވަން މަސައްކަތް ކުރެއްވި ވާހަކަތައް ދެއްކެވުމަކީ "ޝޯއެއް ކުޅުއްވަން" އުޅުއްވި އުޅުއްވުމެެއް ކަމަށް ސަނީފު ސިފަކުރެއްވި އެވެ.
ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވިދާޅުވީ، މަލީހު ކޮމިޓީ އަށް ވަޑައިގަތީ އޭނާއާ ސުވާލު ކުރެވޭ ނެކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. މިއަދުގެ ބައްދަލުވުމަކީ ކޮމިޓީގެ މެމްބަރުންނަށް ކްލާސް ނަގައިދޭން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ.
"މި ކޮމިޓީ އަށް ފުރަތަމަ ކަަމަކަށް ހާޒިރު ކުރެވޭނެ، ސުވާލު ކުރެވޭނެ. [ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އެކަން ނުކުރެވޭނެ ކަމަށް ވަންޏާ ހަމަ ވަޑައިގަންނަވަންވީ ހަމަ ކޮންމެ ތާކަށް ވެސް ވަޑަައިގަންނަވަންވީ،" އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކަށް، ވަޑައިގެން، މި ކޮމިޓީ އަށް ހާޒިރުވެވަޑައިގެން ތިޔަ އިންނެވީ އެކަން ގަބޫލުކުރައްވާތީ."
ޔާސިރު، އެ ހަވާލާ ދެއްވި މާއްދާގައި ބުނެފައި އޮތީ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި ބޭނުންވާ ކޮންމެ ލިއުމެއް ހުށަހަޅަން އެންގުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ. މަޖިލީހުން ކޮންމެ މީހަކާ ކުރާ ސުވާލަކަށް ވެސް އެ މީހަކަށް އެނގި ހުރި އެންމެ ރަނގަޅަކަށް ޖަވާބު ދޭން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.
ކޮމިޓީގައި އިންނަވާ ޖުމްހޫރީ ޕާޓީގެ މެމްބަރު، ދަގެނތީ ދާއިރާގެ މުހައްމަދު ނާޒިމު ނެންގެވީ މަލީހުގެ ކޮޅެވެ. ނާޒިމު ވިދާޅުވީ މަޖިލީހުގައި ދައްކާ ވާހަކައެއްގެ މައްސަލަ އެގޮތަށް ބަލާ ނަމަ އެ އުފެއްދެނީ ނުބައި އުސޫލެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އަށް ވެސް މިއަދު ގޮންޖައްސަވައި، ވަކި ގޮތެއްގައި މަލީހު ހިފެހެއްޓެވިއިރު، އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީވާން ހާޒިރުކުރުމުން ވެސް މަޖިލީހުގެ ރައީސް ނަޝީދާއި މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިއީ ވަޒީރަކަށް ހުންނެވި ބޭފުޅަކު މަޖިލީހުގެ ތަޅުމުގައި އަދި މަޖިލީހުގެ ރައީސަށް މިހާ ބޮޑަށް ފާޑުވިދާޅުވެ، ރައްދު ދެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވި
ކޮމިޓީން ނިންމީ މަލީހަށް ފިޔަވަޅު ނާޅަން
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި
މަލީހުގެ ތުހުމަތުތަކާ އެކު މައްސަަލަ ކޮމިޓީ އަށް
މިއީ ކޯޓެއް ނޫން، އިތުރު ވާހަކަ ނުދައްކާ: އާޒިމް
ތިން މިނިސްޓަރުން ނުކުރި މަސައްކަތް ކުރިން: މަލީހު
މަލީހާ މެދު ނިންމި ނިންމުން ތަންފީޒުކުރޭ: މީކާއީލް
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ
ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް އަންނަން ޖެހޭ: އީވާ