Roadha Mihaaru
ބެލްޖިއަމް އެއް ވަނަ އަށް، ޕޯޗުގަލަށް ފަސޭހަ މޮޅެއް

ބެލްޖިއަމް އެއް ވަނަ އަށް، ޕޯޗުގަލް އަށް ފަސޭހަ މޮޅެއް

14 ނޮވެމްބަރ 2016

ބްރުސެލްސް، ބެލްޖިއަމް (ނޮވެމްބަރު 14) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 8-1 އިން އެސްޓޯނިއާ ބަލިކޮށް ބެލްޖިއަމް ގްރޫޕްގެ އެއް ވަނަ އަށް ޖެހިލިއިރު، ލެޓްވިއާ އަތުން ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް 4-1 އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރުސެލްސް، ބެލްޖިއަމް (ނޮވެމްބަރު 14) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 8-1 އިން އެސްޓޯނިއާ ބަލިކޮށް ބެލްޖިއަމް ގްރޫޕްގެ އެއް ވަނަ އަށް ޖެހިލިއިރު، ލެޓްވިއާ އަތުން ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް 4-1 އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ރޭގެ މޮޅާ އެކު ބެލްޖިއަމް އެއް ވަނަ އަށް ޖެހިލީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ބޮސްނިއާއާ 1-1 އިން އެއްވަރުވި ގްރީސް އެވެ. ގްރީސް އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ރޭގެ މެޗުގައި އެސްޓޯނިއާ ކޮޅަށް ބެލްޖިއަމްގެ ޑްރައިސް މާޓެންސް އާއި ރޮމެލޫ ލުކާކޫ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި އެވެ. މީގެ އިތުރުން އެޑެން ހަޒާޑް، ތޯމަސް މުނިއޭ އަދި ޔަނިކް ފެރޭރާ ކަރަސްކޯ ލަނޑު ޖެހިިއިރު އަނެއް ލަނޑަކީ އެސްޓޯނިއާގެ ރަގްނާ ކްލާވަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި އެސްޓޯނިއާ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހެންރީ އަނިއޭ އެވެ.

މި މެޗުގެ ދެ ވަނަ ހާފްގައި ބެލްޖިއަމްގެ ކެޕްޓަން ހަޒާޑް ވަނީ އަނިޔާ ވުމުގެ ސަބަބުން ބަދަލުކޮށްފަ އެވެ.

ލެޓްވިއާ ކޮޅަށް ޕޯޗުގަލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަނެއް ދެ ލަނޑު ޖެހީ ޒުވާން މިޑްފީލްޑަރު ވިލިއަމް ކަވާލިއޯ އާއި ބްރޫނޯ އަލްވޭސް އެވެ.

ލެޓްވިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އާޓުޒްސް ޔުޒިންސް އެވެ. ރޭގެ މޮޅާ އެކު ޕޯޗުގަލް އޮތީ ކޮލިފައިން ގްރޫޕް ބީގެ ދެ ވަނައިގަ އެވެ. ހަތަރު މެޗުން އެ ޓީމަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ސްވިޒަލެންޑެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

މެމްޕިސް ޑިޕޭގެ ދެ ލަނޑާ އެކު ނެދަލެންޑްސް އިން ވަނީ 3-1 އިން ލަގްޒެމްބާގް ބަލިކޮށްފަ އެވެ. ޔުނައިޓެޑްގެ މިޑްފީލްޑަރު ޑިޕޭގެ އިތުރުން ދެ ލަނޑު ޖެހީ ތަޖުރިބާކާރު މިޑްފީލްޑަރު އާޔެން ރޮބެން އެވެ. ލަގްޒެމްބާގްގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެކްސިމް ޗަނޮޓް އެވެ.