Roadha Mihaaru
އެންޒީގެ "އަރިހުގައި" ރޯދަ ޕްރޮމޯޝަން ފަށައިފި

އެންޒީގެ "އަރިހުގައި" ރޯދަ ޕްރޮމޯޝަން ފަށައިފި

25 މާޗް 2021

އެންޒީން ރޯދަ މަހަށް ހާއްސަ ކެމްޕޭނަކާއެކު ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެންޒީން ރޯދަ މަހަށް ހާއްސަ ކެމްޕޭނަކާއެކު ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

"އަރިހުގައި" ގެ ނަމުގައި ފެށި މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނުގައި އެންޒީގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ފިހާރަތަކުންނާއި އޮންލައިންކޮށް 200ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު ދެ ނަސީބުވެރިން ހޮވާނެ އެވެ. އަދި ކޮންމެ ނަސީބުވެރިއަކަށް 5000ރ ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.

ފިތުރު އީދު ބަންދުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އެންޒީން ބުންޏެވެ.

އެންޒީން ވަނީ ރޯދަމަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވެފަ އެވެ. އެގޮތުން 'އަރިހުގައި' ކެމްޕެއިންގައި އިތުރު ސަޕްރައިޒްތަކެއް ހިމެނޭނެ ކަމަށް އެންޒީއިން ބުންޏެވެ.

އެންޒީން ވަނީ ކޮވިޑް-19ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ކުންފުނީގެ އޮންލަައިން ޕްލެޓްފޯމަށް ގިނަ އައިޓަމްތައް އިތުރުކޮށްފަ އެވެ. މި ހާލަތުގައި ގޭގައި ތިބެގެން އޮންލައިންކޮށް ވިޔަފާރި ކުރުމަށް އެންޒީން ބާރު އަޅަ އެވެ.