Roadha Mihaaru
ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

14 ޖޫން 2021

ރެޑްވޭވް އިން މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ ސޭލްގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރެޑްވޭވް އިން މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ ސޭލްގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ފެބްރުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސޭލުގައި ރެޑްވޭވް އިން ވަނީ އަގުހުރި އިނާމްުތަކެއް ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ފިހާރަތަކުން 500ރ. އަށް ވުރެ މަތިން ވިޔަފާރި ކުރި ކޮންމެ ކަސްޓަމަރަކު ވަނީ ބައިވެރިކޮށްފަ އެވެ.

މި ޕްރޮމޯޝަނުގައި ރެޑްވޭވް އިން ވަނީ 26 ނަސީބުވެރިން ހޮވައިފަ އެވެ. މި ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 100،000ރ.ގެ ފައިސާގެ އިނާމު ލިބުނީ ކޫޕަން ނަންބަރު 0131069، އަބްދުލް ބާރީއަށެެވެ.

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން

- އައިމިނަތު ފަރުޒާނާ ޔޫސުފް، (0047086): 10،000ރ.

- މުހައްމަދު އަލްސަން، (0177804): 10،000ރ.

- ޙަދީޖަތު ޖާބިޔާ، (0084176): 10،000ރ.

- އަދުހަމް އަލީ، (0080001): 10،000ރ.

- އަނިލް ކުމާރު ލިންގަމްޕަލީ، (0002349): 10،000ރ.

- އަނީސާ، (0209970): ފޯލްޑެބަލް ޓޭބަލް ބެޑް.

- ހަސަން މިރްޝާދު (0136036): ޝޫޒިން ބްރޭންޑުގެ ޓީވީ ރެކެއް.

- މުހައްމަދު އަޒްލީފް (0049997): ހައިސެންސް 2.1 ސައުންޑް ބާ.

- މަރިޔަމް ލިއުޝާ (0109983): ގްލާސް ޑައިނިންގް ޓޭބަލް ސެޓް.

- އައިމިނަތު ނަޒްލީ (0137067): ނިކާއީ 100 ލީޓަރުގެ އަވަނެއް.

- އަޒްމަން (0049845): އައުޓްޑޯ ޑައިނިން ޓޭބަލް ސެޓް.

- ސަފޫރާ (0018393): ރޯމާ ބްރޭންޑުގެ ސަންބެޑް.

- އަބްދުލްﷲ ސުޖާ (0042264): ހައިސެންސް 32 އިންޗި ޓީވީ.

- އިލްޔާސް މުހައްމަދު (0006088): ހައިސެންސް ސައުންޑް ބާ.

- އައިމިނަތު ޝަހީދާ (0008809): ނިކާއީ މައިކްރޯވޭވް.

- މީޝާ ރަޝީދު (0116133): ގްލެން ބްރެޑް މޭކާ.

- ފަރީޝާ ނަސީމް (0119903): އެލްއީޑީ ލޯގަނޑެއް.

- މައުސޫމް (0050854): ގަލަންޒް މައިކްރޯވޭވް.

- މަޒާހިމް (0102230): ހިއުންޑައި ފުޑް ޕްރޮސެސާ.

- ރުޝްދު ހަސަން (0083758): ގްލެން 3 ބާނާ އުދުނެއް.

- އާތިފް (0080897): ނިކާއީ ހޯމްތިއޭޓަރެއް.

- ސާބިރާ ޣަނީ (0084587): ނިކާއީ ވޯލް ފޭން.

- އަލީ ރަމީޒް (0042199): ނިކުރާ ވެކިއުމް ކްލީނާ.

- ހަފީޒާ (0024278): ނިކާއީ ގޭސް ކުކަރެއް.

- އައިދިން (0241026): ނިކާއީ ޓޭބަލް ފޭން.

މި އިނާމުތަކުގެ އިތުރުން ޕްރޮމޯޝަން ކުރިއަށްދިޔަ މުއްދަތުގައި ރެޑްވޭވް ފޭސްބުކް ޕޭޖުގެ ޓޮޕް ފޭނުންގެ މެދުގައި ވެސް ވަނީ ގުރުއަތު ނަގައިފަ އެވެ. މި ގުރުއަތުން ހޮވުނު ތާއިއު ރަޝީދަށް 55 އިންޗީގެ ޓިޝިބާ ޓީވީއެއް ލިބޭނެ އެވެ.

ރެޑްވޭވްއިން ބުނިގޮތުގައި މި އަހަރުގެ ރޯދަސޭލަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި މިހާރު ޔޫރޯ 2020އާ ދިމާކޮށް ކުރިއަށްގެންދާ ހައިސެން ޕްރޮމޯޝަން ފަދަ އިތުރު ޕްރޮމޯޝަންތައް މި އަހަރު ކުރިއަށްގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.