27 މާޗް 2021
މިސްޓަ މޯލްޑިވްސް 2021 ގެ ޓައިޓަލް، މީގެ ކުރިން ވެސް އެމަގާމު ހޯދާފައިވާ މުހައްމަދު ޔާމީން (ޔާމްބެ) ކާމިޔާބުކޮށްފި އެވެ.
މިސްޓަ މޯލްޑިވްސް 2021 ގެ ޓައިޓަލް، މީގެ ކުރިން ވެސް އެމަގާމު ހޯދާފައިވާ މުހައްމަދު ޔާމީން (ޔާމްބެ) ކާމިޔާބުކޮށްފި އެވެ.
ޔާމްބެ އެންމެ ފުރަތަމަ މިސްޓަ މޯލްޑިވްސް އަކަށް ވަނީ 2017 ވަނަ އަހަރު އެވެ. ރޭ އޮލިމްޕަހުގައި ކުރިއަށްދިޔަ މި އަހަރުގެ ނެޝަނަލް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަދި މިސްޓަ މޯލްޑިވްސް އިވެންޓުގައި ޔާމްބެ ވަނީ 90 ކިލޯ ކެޓެގަރީން އެއްވަނަ ހޯދައިފަ އެވެ.
މީގެ ކުރިން ތިން ފަހަރެއް މަތިން މިސްޓަ މޯލްޑިވްސް ޓައިޓަލް އުފުލާލައިފައިވާ މުހައްމަދު ރަޝީދު ވަނީ މި ފަހަރުގެ 70 ކިލޯގެ ކެޓަގަރީ ކާމިޔާބުކޮށްފަ އެވެ.
މި އަހަރުގެ އެތުލެޓިކް ފިޒީކް ބަޔާއި އެތުލެޓިކް ފިޒީކުގެ 180 ސެންޓިމީޓަރު ބައިން އެއް ވަނަ ހޯދީ އަހުމަދު މައުޒް އެވެ. ސަތޭކަ ހަތްދިހަ ސެންޓިމީޓަރު ބައިން އެއް ވަނަ ލިބުނީ 2019 ވަނަ އަހަރު ގައުމީ ބޮޑީބިލްޑިން ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރި ފަތުހުﷲ މުހައްމަދު އަށެވެ.
ސްޕޯޓްސް ފިޒީކް ބައި މި ފަހަރު ވެސް ކާމިޔާބުކުރީ އެންމެ ފަހުން މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި ހޯދި އަޒްނީން ރަޝާދު އެވެ. އަޒްނީން ވަނީ ސްޕޯޓްސް ފިޒީކްގެ 165 ސެންޓިމީޓަރު ބައިން ވެސް އެއް ވަނަ ހޯދައިފަ އެވެ. އަޒްނީން ވަނީ އޭނާ ވާދަކުރި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް މެޑަލް ގެނެސްދީފަ އެވެ.
މިސްޓަ މޯލްޑިވްސް އިވެންޓެއްގެ ތެރެއިން އަޒްނީން.--
ސްޕޯޓްސް ފިޒީކްގެ ބައިގެ 170 ސެންޓިމީޓަރު ކެޓަގަރީން އެއް ވަނަ ހޯދީ ފާލިހު މުހައްމަދު ޒާހިރު އެވެ. އަދި 175 ސެންޓިމީޓަރު ބައިން އެއް ވަނަ ލިބުނީ 2019 ވަނަ އަހަރު އަލީ ސަލީމް އިބްރާހީމަށެވެ. އަދި 180 ސެންޓިމީޓަރު ބައިން އެއް ވަނަ ހޯދީ އަތީގުއްރަހުމާން އެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ގައުމީ ބޮޑީބިލްޑިން މުބާރާތް ނުބާއްވަ އެވެ. މި އަހަރުގެ މުބާރާތް ރޭ ބާއްވަން ތާވަލުކުރި ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން މި އިވެންޓް ބޭއްވިދާނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެއީ މާލެ ސަރަަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ޖެހުމުންނެވެ. ޔޫތު މިނިސްޓްރީން ކުރި މަސައްކަތުން މިސްޓަ މޯލްޑިވްސް އިވެންޓް ކުރިއަށް ގެންދަން ހުއްދަ ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ރޭގެ އިވެންޓުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ޔާންބެ އާއި އަޒްނީނަށް މިސްޓަ މޯލްޑިވްސްގެ ރެކޯޑެއް
ވޯލްޑް ޗެމްޕިއަންޝިޕުން ޝާހީނާއި އަޒްނީނަށް ރަން މެޑަލް
ބޮޑީބިލްޑިން މުބާރާތާ ގުޅިގެން މާފަށް އެދިއްޖެ
55 ގައުމު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ގައުމަށް ހޯދައިދޭ ރީތި ނަމުގެ ބަދަލަކީ "ނާށިގަނޑު"؟
ޓިކްޓޮކް ލައިވްގައި ޔާމްބެއަށް ދެލައްކަ ރުފިޔާގެ އެހީ
މިސްޓަ މޯލްޑިވްސްގެ ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދަނީ
އޭޝިއަން ޗެމްޕިއަންޝިޕުން އަހުސަނަށް ވެސް ރަން މެޑަލް
އޭޝިއަން ޗެމްޕިއަންޝިޕުން އަޒުނީނަށް ރަން މެޑަލް
ދެކުނު އޭޝިއާ ޗެމްޕިއަންޝިޕުން އަޒުނީނަށް ރެކޯޑެއް