Roadha Mihaaru

އިރްފާންގެ އެންމެ ފަހު ފިލްމު ވަރަށް އަވަހަށް އަޅުވާނެ

ކެންސަރު ބަލީގައި މަރުވި ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް އެކްޓަރު ކަމަށްވާ އިރްފާން ޚާނުގެ ފިލްމެއް ވަރަށް އަވަހަށް ރިލީޒްކުރަން ނިންމައިފި އެވެ.

އިރްފާންގެ ފަހު ފިލްމު ވަރަށް އަވަހަށް އަޅުވާނެ

ކެންސަރު ބަލީގައި މަރުވި ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް އެކްޓަރު ކަމަށްވާ އިރްފާން ޚާނުގެ ފިލްމެއް ވަރަށް އަވަހަށް ރިލީޒްކުރަން ނިންމައިފި އެވެ.

އިރުފާންގެ މަރަށް ދެ އަހަރުވުމާ ގުޅިގެން އޭނާގެ ފިލްމެއް، ސަޕޯޓަރުންނަށް ދޫކޮށްލަން އަންނަނީ ތައްޔާރުވަމުންނެެވެ.

"އަޕްނޯ ސޭ ބޭވަފާ" ގެ މަސައްކަތުގައި އުޅޭ ޕިޔޫޝް ޝާހް ބުނި ގޮތުގައި އެންމެ ފަހުން މިދިޔަ މަހުގެ 29 ގައި ރިލީޒްކުރާ ގޮތަށް އޮތް އެ ފިލްމު، އެ ދުވަހު ނޭޅުވީ މިދިޔަ ހަފުތާގައި ތިން ފިލްމެއް ރިލީޒްކުރުމުންނެވެ.

ސިނަމާގައި އެ ފިލްމު އަޅުވަން 2020 ވަނަ އަހަރު ވެސް މަސައްކަތްކުރި އެވެ. އެކަމަކު ކޮވިޑްގެ ލޮކްޑައުނާ ގުޅިގެން އެފަހަރު ވެސް ފަސްކުރަން ޖެހެނީ އެވެ. އެކަމަކު ދެން މާ ލަސްތަކެއް ނުވެ ފިލްމު އެ ރިލީޒްކުރާނެ ކަމަށް އޭނާ ބުންޏެވެ.

އިރުފާން އެންމެ ފަހުން ކުޅުނު ފިލްމަކީ 2020 ގައި ރިލީޒްކުރި ހިންދީ ފިލްމު "އަންގުރޭޒީ މީޑިއަމް" އެވެ. އެ ފިލްމަކީ އޭނާ 2018 އިން ފެށިގެން ކެންސަރު ބައްޔާ ހަނގުރާމަކުރަމުން ކުޅުނު ފިލްމެކެވެ. އިރުފާން މަރުވީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރަކާ ހަނގުރާމަކުރަމުން ދަނިކޮށް، 2020 ވަަނަ އަހަރު، އޭނާގެ އުމުރުން 53 އަހަރުގަ އެވެ.