Roadha Mihaaru
މޮނީޓަރިންގައި އޮތް ރަށްރަށަށް ވެސް ވޯޓުލާން ދެވޭނެ

މޮނީޓަރިންގައި އޮތް ރަށްރަށަށް ވެސް ވޯޓުލާން ދެވޭނެ: އިލެކްޝަންސް ކޮމިޝަން

03 އެޕްރީލް 2021

ކޮވިިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ތިބި މީހުންނަށް ވެސް ވޯޓުލާން އެހެން ރަށްރަށަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ތިބި މީހުންނަށް ވެސް ވޯޓުލާން އެހެން ރަށްރަށަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އަށް އަތޮޅު ތެރޭގެ ބައެއް ރަށްރަށުން މީހުުން ޕޮޒިޓިވްވެ، ބައެއް ރަށްތައް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސް، އަރައި ފޭބުން މަނާކޮށްފަ އެވެ. އެކަމަކު، މި މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާން ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ބަންދު ވެފައިވާތީ ވޯޓުލާ ތަން ދެން ބަދަލެއް ނުކުރެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައިވަނީ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ވޯޓުލާން ދިއުމުގެ ހުއްދަ ލިބޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ކަމަށެވެ. އެހެންވެ، މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށް ވެސް ޓާސްކް ފޯސްތަކުގެ ހުއްދައާ އެކު ވޯޓުލާން ދެވޭނެ ކަމަށް އޭނާ ޓްވީޓްގައިވެ އެވެ.

ޝަރީފްގެ ޓްވީޓް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު މާލެ ސަރަހައްދަށް ވުރެ އަތޮޅު ތެރޭގައި ދަނީ އިތުރުވަމުންނެވެ.