ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ހުޅުމީދޫ ބަނދަރުގެ ފުރަތަމަ ފޭހުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
03 އެޕްރީލް 2021
ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ހުޅުމީދޫ ބަނދަރުގެ ފުރަތަމަ ފޭހުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ މަސައްކަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ވެރިންނާއި އައްޑޫގެ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހުޅުމީދޫގެ މިފްކޯ ބަނދަރުގެ މަސައްކަތް ފެށި އިރު، އެ މަޝްރޫއުގެ ދަށުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1،788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެ އެވެ.
We have commenced physical works of S. Hulhumeedhoo MIFCO Harbor Development Project (Phase 1) today at a ceremony held at S. Hulhumeedhoo. The value of the project is MVR 68.80 million. #MTCCProjects pic.twitter.com/yOVglylSqF
— MTCC Plc (@MTCCPlc) April 3, 2021
މި މަޝްރޫއަށް ހަރަދުވާނީ 68.80 މިލިއަން ރުފިޔާ އެވެ.
މިފްކޯގެ ބަނދަރުގެ މަސައްކަތް ފެށި އިރު، މިފްކޯގެ މަސް ޕްލާންޓެއް ހުޅުމީދޫގައި ގާއިމުކޮށްފައިވެ އެވެ. އެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއެކެވެ.
މި މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ކުޑަތަންވެފައި ވަނިކޮށް އައްޑޫގައި އެކިއެކި ޕްރޮޖެކްޓަތްކުގެ ފެށުމުގެ ފޯރި އާއި ނިންމައިލި ޕްރޮޖެކްޓްތައް އެ ޕްރޮޖެކްޓްތަކާ ގުޅުން ހުރި ފަރާތްތަކާ ހަވާލުލުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ކޮވިޑް ކޭސްތަކާ އެކު ހުޅުމީދޫ އަލުން މޮނިޓަރިންގައި
އައްޑޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ
އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެއްޖެ