Roadha Mihaaru
ޓެކްސީގައި ދެން ލަވަ ޖެހޭނީ ފަސިންޖަރުންގެ ހުއްދައާއެކު

ޓެކްސީތަކުގައި ލަވަ ޖަހަން ދެން ފަސިންޖަރުންގެ ހުއްދަ ބޭނުންވާނެ

05 އެޕްރީލް 2021

ޓެކްސީތަކުގައި ރޭޑިއޯ ނުވަތަ އަޑު ނުކުންނަ ބާވަތުގެ އެއްވެސް ވަސީލަތެއް ދެން ބޭނުން ކުރެވޭނީ އެއިން އެ ވަގުތަކު ދަތުރުކުރާ ފަސިންޖަރުންގެ ހުއްދައާ އެކު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ. އެހެންވެ، ދަތުރުކުރާ މީހުންގެ ހުއްދަ ނެތި، ދެން ޓެކްސީގައި ލަވަ ނުވަތަ އެ ފަދަ އެހެން އެއްވެސް އެއްޗެއް ޖެހުން މަނާވާނެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޓެކްސީތަކުގައި ރޭޑިއޯ ނުވަތަ އަޑު ނުކުންނަ ބާވަތުގެ އެއްވެސް ވަސީލަތެއް ދެން ބޭނުން ކުރެވޭނީ އެއިން އެ ވަގުތަކު ދަތުރުކުރާ ފަސިންޖަރުންގެ ހުއްދައާ އެކު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ. އެހެންވެ، ދަތުރުކުރާ މީހުންގެ ހުއްދަ ނެތި، ދެން ޓެކްސީގައި ލަވަ ނުވަތަ އެ ފަދަ އެހެން އެއްވެސް އެއްޗެއް ޖެހުން މަނާވާނެ އެވެ.

ޓެކްސީގައި ދަތުރުކުރާއިރު، ބާރަށް ލަވަ އަދި މަދަހަ ޖެހުމާއި ނުވަތަ ރޭޑިއޯ އިން ސިޔާސީ ޕްރޮގްރާމްތައް ޖެހުމަކީ ވަރަށް އާއްމުކަމެކެވެ. އެއީ ގިނަ ބަޔަކު އަބަދުވެސް ޝަކުވާކުރާ އަދި ވަރަށް ބޮޑަށް ރުޅި އަންނަ ކަމެއް ވެސް މެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިކަން މަނާ މިކުރީ، ޓެކްސީ ގަވައިދަށް އިސްލާހު ގެނެސްގެންނެވެ.

ގެޒެޓްގައި މިހާރު ޝާއިއުކޮށްފައިވާ މި ގަވައިދަށް އިތުރު އިސްލާހެއް ވެސް ވަނީ ގެނެސްފަ އެވެ. އޭގައި ބުނާ ގޮތުން ޓެކްސީ ސެންޓަރާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދާ މެދު، މުވާސަލާތީ ނިޒާމެއް ގާއިމްކޮށްފައި ހުންނަން ޖެހޭނެ އެވެ. މި މުވާސަލާތީ ނިޒާމުގެ ބޭނުން ހިފަން ޖެހޭނީ ރިވެތި އަދަބުތަކާއި އިހްތިރާމާއެކު، ރީތި ބަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެ އެވެ.