08 އެޕްރީލް 2021
"ކަސޯޓީ ޒިންދަގީ ކީ" ފަދަ ސިލްސިލާތަކާއި ވެބް ސީރީޒްތަކެއް ކުޅެފައިވާ ޕާތު ސަމްތާން މިހާތަނަށް ބެލުންތެރިންނަށް ފެނިފައި ހުންނާނީ ތަންކޮޅެއް މަޑުމައިތިރި ލަވަބޯއި ކެރެކްޓާތަކުންނެވެ. އެކަމަކު އޭނާގެ ކުރިއަށް ވެބް ސީރީޒަކީ މުޅިން ތަފާތު ޕާތުއެއް ފެންނާނެ އެއްޗެކެވެ.
"ކަސޯޓީ ޒިންދަގީ ކީ" ފަދަ ސިލްސިލާތަކާއި ވެބް ސީރީޒްތަކެއް ކުޅެފައިވާ ޕާތު ސަމްތާން މިހާތަނަށް ބެލުންތެރިންނަށް ފެނިފައި ހުންނާނީ ތަންކޮޅެއް މަޑުމައިތިރި ލަވަބޯއި ކެރެކްޓާތަކުންނެވެ. އެކަމަކު އޭނާގެ ކުރިއަށް ވެބް ސީރީޒަކީ މުޅިން ތަފާތު ޕާތުއެއް ފެންނާނެ އެއްޗެކެވެ.
މި މަހުގެ 20 ގައި އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީ އާއި ޒީ5 އިން ޕްރިމިއާކުރާ ސީރީޒް "މޭ ހީރޯ ބޯލް ރަހާ ހޫ" ގައި ޕާތު ކުޅެފައި ވަނީ ނުރައްކާތެރި ވިލަންއެއްގެ ރޯލެވެ. މި ސީރީޒަކީ 1990 އަހަރުތަކުގެ އަންޑަވޯލްޑްގެ ވާހަކަ ކިޔައިދޭ ކްރައިމް ތުރިލާއެކެވެ.
"މޭ ހީރޯ ބޯލް ރަހާ ހޫ"ގެ ކާސްޓްގައި ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯގެ ލޯބިވެރިޔާ ޕަޓްރަލޭކާ އާއި ޓީވީ އެކްޓަރު އަލީ ގޯނީގެ ބޭބެ އަރުސަލާން ގޯނީ އާއި އަންކިތު ގުޕްތާ އާއި ގަނޭޝް ޔާދަވް އާއި ޗަންދަން ރޯއި ސަނިއާލް އަދި ދާނިޝް ހުސައިން ފަދަ ފަންނާނުން ހިމެނެ އެވެ.
ސްޓާ ޕްލަސް އިން މިދިޔަ އަހަރު ނިންމައިލި "ކަސޯޓީ" ގެ ބަތަލު އަނޫރާގް ބާސޫގެ ރޯލު ކުޅުނު ޕާތު، 30، ކުރިން ކުޅެފައިވާ ވެބް ސީރީޒްތަކުގެ ތެރޭގައި "ކެއިސޭ ހޭ ޔާރިޔާން 3" އާއި "ކެހެނޭ ކޯ ހަމްސަފަރު" ހިމެނެ އެވެ.
އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މިހާރު އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕާތު ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ވެސް މި ދޭތެރެ އިން ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.
"ގަސަމް: ތޭރޭ ޕިޔާރު ކީ" ވެސް ދެވަނަ ސީޒަނަކަށް
ސުޝާންތު ކުޅުނު ރޯލު ޝަހީރު ކުޅެން ފަށަައިފި
ޝަހީރާއި ޝިލްޕާގެ ވެބް ސީރީޒެއް
"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގެ ޕްރޮމޯ ދައްކާލައިފި
"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނަށް ޑިޝާ
ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް
"ގޭމް އޮފް ތުރޯންސް" ކަހަލަ ހިންދީ ސީރީޒެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޒީޓީވީ އަށް "ބަގިއާ" ހިމަނައިގެން އިތުރު ސިލްސިލާއެއް