Roadha Mihaaru
ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް

"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް، ތަފާތު ކާސްޓަކާ އެކު ގެނެސްދެނީ

06 އޯގަސްޓް 2021

އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ރާމް ކަޕޫރާއި ސާކްޝީ ތަންވަރާ އެކު، ޕްރޮޑިއުސަރު އެކްތާ ކަޕޫރް މީގެ އަހަރުތަކެއް ކުރިން ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ރާމް ކަޕޫރާއި ސާކްޝީ ތަންވަރާ އެކު، ޕްރޮޑިއުސަރު އެކްތާ ކަޕޫރް މީގެ އަހަރުތަކެއް ކުރިން ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ މި ފަހަރު މީގެ ލީޑް ބަތަލުގެ ރޯލު ކުޅޭނީ ނަކުލް މެހެތާ ކަމަށެވެ. އޭނާ އަކީ ސްޓާ ޕްލަސް އިން ގެނެސްދިން "އިޝްގްބާޒް" ގެ ބަތަލެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ދެވަނަ ސީޒަންގެ ބަތަލާގެ ރޯލު "ޔޭ ހޭ މޮހައްބަތޭން" ފަދަ ސިލްސިލާތައް ކުޅުނު ދިވްޔަންކާ ތުރިޕަތީ އަށް ހުށަހެޅި ނަމަވެސް ލުކް ޓެސްޓަށް ފަހު އޭނާ ނުނަގަން ނިންމާފައިވާ މީޑިއާތަކުން ބުންޏެވެ. ސަބަބަކީ މިހާރު ކަލާޒް އިން ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ 11" ގައި ވާދަކުރާ ބަތަލާ ނަކުލް އަށް ވުރެ ދުވަސްވީ ކަމަށް ދައްކާތީ އެވެ.

އެކަމަކު މި ދެ ތަރިންގެ އުމުރަށް ބަލާ އިރު ދިވްޔަންކާ އަށް ވުރެ ނަކުލް ދެ އަހަރު ދޮއްޓެވެ. އޭނާ އަށް 38 އަހަރެވެ. އަދި ދިވްޔަންކާ އަށް 36 އަހަރެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އިން ފުރުސަތު ލިބުނުކަން ކަށަވަރުކޮށް ދިނުމަށް ފަހު ދިވްޔަންކާ ބުނީ އޭނާ އެ ސިލްސިލާ އިން ނުފެންނާނެ ކަމަށެވެ. ސަބަބަކީ ކެރެކްޓާއާ ގަޔާނުވުން ކަމަށް ބުންޏެވެ.

"އަހަރެން އެއަށް ލުކް ޓެސްޓް ހެދިން. އެކަމަކު ކެރެކްޓާ އަހަންނަކާ ރިލޭޓެއް ނޫން. އެހެންވެ ނިންމީ އެއަށް ސޮއިނުކުރަން." ޕްރޮޑިއުސަރު އެކްތާއާ ގާތް ގުޅުމެއް އޮންނަ ބަތަލާ ބުންޏެވެ.

ދިވްޔަންކާގެ އެންމެ ފަހުން ކުޅުނު ސިލްސިލާ ސްޓާ ޕްލަސްގެ "ޔޭ ހޭ މޮހައްބަތޭން" އަކީ ވެސް އެކްތާ ޕްރޮޑިއުސްކުރި އެއްޗެކެވެ.

"ބަޅޭ އައްޗާ ލަގްތޭ ހޭ 2" ހެދުމުގެ ތައްޔާރީވަމުން އަންނަ އިރު، ބެލުންތެރިންނަށް އެ ގެނެސްދޭން ފަށާނެ އިރެއް އަދި ނޭނގެ އެވެ.

މީގެ އޮރިޖިނަލް ސިލްސިލާ އަކީ މެއި 30، 11 އިން ޖުލައި 10، 2014 އަށް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި 644 އެޕިސޯޑް ގެނެސްދިނެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ" އަކީ ވަރަށް ބޮޑު ކާސްޓަކާ އެކު ގެނެސްދިން އެއްޗެކެވެ.

އެކްތާގެ ބާލާޖީން ކުރިން ގެނެސްދިން ސިލްސިލާތަކުގެ ތެރެއިން މި ފަހުން އާ ކާސްޓަކާ ދެވަނަ ސީޒަނެއް ގެނެސްދިން އެކައްޗަކީ ސްޓާ ޕްލަސް އިން މިދިޔަ އަހަރު ނިންމައިލި "ކަސޯޓީ ޒިންދަގީ ކޭ" އެވެ. ބާލާޖީން މިހާރު އަންނަނީ ކުރިން ޒީޓީވީން ގެނެސްދިން ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ އާ ސީޒަނެއް އެ ކުންފުނީގެ ސްޓްރީމީން ޕްލެޓްފޯމް، އޯލްޓް ބާލާޖީ އަށް ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުންނެވެ.