Roadha Mihaaru
"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނަށް ޑިޝާ

"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނަށް ޑިޝާ

07 އޯގަސްޓް 2021

އެކްތާ ކަޕޫރް ގެނެސްދިން ސޮނީ ޓީވީގެ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ ބަތަލާގެ ރޯލަށް ޑިޝާ ޕަރްމަރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްތާ ކަޕޫރް ގެނެސްދިން ސޮނީ ޓީވީގެ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ ބަތަލާގެ ރޯލަށް ޑިޝާ ޕަރްމަރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.

ޑިޝާ އަކީ "ބިގް ބޮސް 14" ގެ ދަވަނަ ލިބުނު ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާއާ މިދިޔަ މަހު ކައިވެނިކުރި ބަތަލާ އެވެ. އޭނާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނަށް ސޮއިކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، މި ފަހަރު ސިލްސިލާގެ ލީޑް ރޯލު ކުޅެނީ ޑިޝާ ކުޅުނު ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޕިޔާރު ކާ ދަރުދު ހޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" ގެ ބަތަލު ނަކުލް މެހެތާ އެވެ. މި ދެ ތަރިންނާ އެކީ އެ ސިލްސިލާ ގެނެސްދިނީ 2012-2014 އަށެވެ.

"ބަޅޭ އައްޗޭ ލަގްތާ ހޭ" އަށް ޑިޝާ ސޮއިކުރިކަން އަދި ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް މީޑިއާތަކުން ބުނީ ނަކުލްއާ އެކު ފެންނާނީ އޭނާކަން މިހާރު ގާތްގަނޑަކަށް ކަށަވަރު ކަމަށެވެ. ޑިޝާގެ ނަން މި ސިލްސިލާއާ އެކު އައިސްފައި މި ވަނީ ސްޓާ ޕްލަސްގެ "ސާތު ނިބާނާ ސާތިޔާ" ގެ ފުރަތަމަ ސީޒަންގެ ބަތަލާ ޑެވޮލީނާ ބަޓަޗަރްޖީ ވެސް "ބަޅޭ އައްޗޭ ލަގްތޭ ހޭ" ހުށަހެޅިކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ.

މީގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ހުށަހެޅީ އެކްތާ ގެނެސްދިން ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ ދިވްޔަންކާ ޓްރިޕާތީއަށެވެ. އެކަމަކު އޭނާ ވަނީ އެ ރޯލާ ގަޔާވާނުވާ ކަމަށް ދޫކޮށްލައިފަ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އަށް ދިވްޔަންކާ ނުނަގަންނީ ނިންމީ އޭގެ ޕްރޮޑަކްޝަން ޓީމުން ކަމަށެވެ. އަދި އެގޮތަށް ނިންމީ އޭނާ އެކްޓަރު ނަކުލް އަށް ވުރެ އުމުރުން ދުވަސްވީ ކަމަށް ދައްކާތީ ކަމަށެވެ.

ރާމް ކަޕޫރާއި ސާކްސީ ތަންވަރު ލީޑް ރޯލު ކުޅުނު "ބަޅޭ އައްޗޭ ލަގްތޭ ހޭ" އަކީ 2011-2014 އަށް ގެނެސްދިން އެެއްޗެކެވެ. މީގެ އާ ސީޒަން ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.