Roadha Mihaaru
ކޮވިޑް ކޭސްތައް 100 އިން ދަށުގައި ހިފެހެއްޓިއްޖެ

ކޮޮވިޑް ކޭސްތައްް 100 އިން ދަށުގައި ހިފެހެއްޓިއްޖެ

12 އެޕްރީލް 2021

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށުގައި ހިފެހެއްޓިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށުގައި ހިފެހެއްޓިއްޖެ އެވެ.

ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 84 އެކެވެ. އެއީ މާލެ ސަރަހައްދުން 32 މީހުން، މީހުން އުޅޭ އެހެން ރަށްތަކުން 37 އަދި ރިސޯޓުތަކުން 13 މީހަކާއި ސަފާރީ/ޔޮޓްތަކުން ދެމީހުންނެވެ. އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އައަދަދަށް މީހުން ކޮވިޑަށް ޕޮޒިޓިވްވީ 2،216 މީހުންގެ ތެރެއިންްނެވެ.

މިދިޔަ ތިން ދުވަހު ވެސް ރާއްޖޭން ކޮވިޑްޖެހުނު މީހުންގެ އަދަދު ވަނީ އޮތީ 100 އިން ދަށުގައި ހިފެހެއްޓިފަ އެވެ. އެގޮތުން އިއްޔެ 93 މީހަކު އެބައްޔަށް ޕޮޒިިޓިވްވި އިރު އޭގެ ކުރީ ދުވަހު ޕޮޒިޓިވްވީ 88 މީހުންނެވެ. މިމަހުގެ މިހައިތަނަށް އެޗްޕީއޭ އިން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ކޮވިޑްގެ ކޭސްތައް 100 އިން ދަށަށް ވެއްޓުނީ ފުރަތަމަ މިދިޔަ ހުކުރުގެ ފަހުންނެވެ. ހުކުރު ދުވަހު ވެސް 130 އަށް ވުރެ ގިނަ މީހުން އެބައްޔަށް ޕޮޒިޓިވްްވި އިރު ކުރީ ދުވަހު ވެސް 113 މީހުން އެބައްޔަށް ޕޮޒިޓިވް ވި އެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 25،701 އެވެ. އޭގެ ތެރެއިން 67 މީހަކު ވަނީ އެބަލީގައި މަރުވެފަ އެވެ.