މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވާލަން ސްޓެލްކޯއިން ފަށާފައިވާ "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ގެ ދަށުން ބްރިޖު މަތިން އިންޓަކަނެކްޝަން ކޭބަލް ގުޅާލައިފި އެވެ.
14 އެޕްރީލް 2021
މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވާލަން ސްޓެލްކޯއިން ފަށާފައިވާ "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ގެ ދަށުން ބްރިޖު މަތިން އިންޓަކަނެކްޝަން ކޭބަލް ގުޅާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ މިޕްރޮޖެކްޓްގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި މިއަދު ބްރިޖުމަތިން ކަރަންޓް ކޭބަލް ހުޅުމާލެއަށް ގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓް ސްޓެލްކޯ އިން ރަސްމީކޮށް ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ.
މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެ އާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ސިސްޓަމްތަކާއި ޓްރާންސްފޯމަރުތަކެއް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.
ބްރިޖުމަތިން ކޭބަލް ހުޅުމާލެއަށް ގެންދަނީ. ޕްރޮޖެކްޓްގެ 90 ޕަސެންޓް ވަނީ ނިމިފަ
މި ޕްރޮޖެކްޓު ނިމުމުން ހުޅުމާލެ އިން މާލެ އަށް، މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހައިލާނެ އެވެ.
މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މި ޕްރޮޖެކްޓާ އެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަރަންޓު ވިއުގައަށް ގެއްލުން ވެދާނެތީ އިންޒާރެއް!
ކޭބަލް އެޅުން ހަވާލުކުރުން މަޑުޖައްސާލަން އަންގައިފި
މާލެ-ހުޅުމާލެ ދެމެދު ކޭބަލް އަޅާ އަގު 567 މިލިއަން
ކަރަންޓު ނެޓުވޯކު ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި