Roadha Mihaaru
"ދަ ފާދާ" ގެ ފޮލޯއަޕަކީ "ދަ ސަން"

"ދަ ފާދާ" ގެ ފޮލޯއަޕަކީ "ދަ ސަން"

16 އެޕްރީލް 2021

މި މަހުގެ ފަހުކޮޅު ބާއްވާ އޮސްކާ އެވޯޑްސްގައި އެންމެެ މޮޅު ފިލްމަށް ވާދަކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ފާދާ" ގެ ވާހަކަ "ދަ ސަން" ގެ ނަމުގައި އިތުރަށް ދިގު ދަންމާލަން ނިންމައި، އޭގެ ލީޑް ކާސްޓަށް ތަރިން ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ފަހުކޮޅު ބާއްވާ އޮސްކާ އެވޯޑްސްގައި އެންމެެ މޮޅު ފިލްމަށް ވާދަކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ފާދާ" ގެ ވާހަކަ "ދަ ސަން" ގެ ނަމުގައި އިތުރަށް ދިގު ދަންމާލަން ނިންމައި، އޭގެ ލީޑް ކާސްޓަށް ތަރިން ހަމަޖައްސައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅޭނީ ހިއު ޖެކްމަން އާއި ލައުރާ ޑާން އެވެ.

ފްލޯރިއަން ޒެލާ ޑައިރެކްޓްކުރި "ދަ ފާދާ" އަކީ އެންތަނީ ހޮޕްކިންސް އާއި އޮލީވިއަން ކޮލްމަން ކުޅުނު ފިލްމެކެވެ. މި މަހުގެ 26 ގައި ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަނާ އެކު ހަ ކެޓަގަރީއަކުން ފިލްމު ވާދަކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ މޮޅު އެކްޓަރު (އެންތަނީ)، އެންމެ މޮޅު ސަޕޯޓިން ބަތަލާ (އޮލީވިއާ)، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު އެޑިޓިން އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިނެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިން ބުނީ ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާގެ ތެރޭގައި އުޅޭ ބައްޕައެއްގެ ވާހަކަ ކިޔައިދިން "ދަ ފާދާ" ގެ ފޮލޯއަޕްގެ ގޮތުގައި ގެނެސްދޭ "ދަ ސަން" ގައި ކިޔައިދޭނީ ޑިޕްރެޝަންގެ ތެރޭގައި އުޅޭ ފިރިހެން ދަރިއެއްގެ ވާހަކަ އެވެެ. އެ ރޯލު ޖެކްމަން ކުޅޭ އިރު، ލައުރާ ފެންނާނީ އޭނާގެ ކުރީގެ އަންހެނުންގެ ރޯލުންނެވެ.

"ދަ ފާދާ" ގޮތަށް "ދަ ސަން" އަކީ ވެސް ޑައިރެކްޓަރު ޒެލާގެ ޕްލޭއަކަށް ބިނާކޮށް ހަދާ އެއްޗެކެވެ. މީގެ ސްކްރީންޕްލޭ އޭނާއާ ގުޅިގެން ލިޔުނީ ކްރިސްޓޯފާ ހޭމްޕްޓަނެވެ.

"ދަ ސަން" ގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.