Roadha Mihaaru
ސިލްސިލާ "ނިއު އެމްސްޓަޑަމް" އިން އަނޫޕަމް ވަކިވެއްޖެ

އެމެރިކާގެ ސިލްސިލާ "ނިއު އެމްސްޓަޑަމް" އިން އަނޫޕަމް ވަކިވެއްޖެ

17 އެޕްރީލް 2021

އެމެރިކާގެ ޓީވީ ސިލްސިލާ "ނިއު އެމްސްޓަޑަމް" ގެ ރޯލެއް ކުޅެމުން ދިޔަ އިންޑިއާގެ އެކްޓަރު އަނޫޕަމް ކޭރް އޭގެ ރެގިއުލާއެއްގެ ގޮތުން ވަކިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޓީވީ ސިލްސިލާ "ނިއު އެމްސްޓަޑަމް" ގެ ރޯލެއް ކުޅެމުން ދިޔަ އިންޑިއާގެ އެކްޓަރު އަނޫޕަމް ކޭރް އޭގެ ރެގިއުލާއެއްގެ ގޮތުން ވަކިވެއްޖެ އެވެ.

އެމްބީސީން 2018 އިން ފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާގައި އަނޫޕަމް ކުޅެމުން ދިޔައީ ޑރ. ވިޖޭ ކަޕޫރްގެ ރޯލެވެ.

އަނޫޕަމްއާ ހަވާލާދީ ޑެޑްލައިނުން ބުނީ ސިލްސިލާ އިން ވަކިވާން ނިންމީ އަންހެނުން ބަތަލާ ކިރަން ރާއޯ އަށް ލޭގެ ކެންސަރު ޖެހިގެން ފަރުވާ ހޯދާތީ އޭނާ ގާތުގައި އިންޑިއާގައި ހުންނަން ކޮންމެހެން ޖެހޭތީ ކަމަށެވެ. އެހެންވެ މި ހާލަތުގައި ގައުމުން ބޭރަށް ގޮސް އަންހެނުންނާ ދުރުގައި އުޅެވެން ނެތުމާ އެކު މި ވަގުތު "ނިއު އެމްސްޓަޑަމް" އާ އެކު ކުރިއަށް ދެވެން ނެތީ ކަމަށް ބުނެފައިވެ އެވެ.

ކިރަން އަށް ލޭގެ ކެންސަރު ޖެހި ފަރުވާ ހޯދާކަން އަނޫޕަމް ހާމަކުރީ މީޑިއާތަަކަށް އެ ވާހަކަ ތިލަވެ ދައްކަން ފެށުމާ އެކު މި މަހުގެ 1 ވަނަ ދުވަހު އެވެ.

އޭރު އޭނާ ބުނީ ފަރުވާގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި ބައްޔާ ހަނގުރާމަކޮށް، ކިރަން ހިތްވަރާ އެކު އެނބުރި އަންނާނެ ކަމަށެވެ.

"ނިއު އެމްސްޓަންޑަމް" އިން އަނޫޕަމް ވަކިވާން ނިންމި އިރު، އޭނާ ކުރިން ވެސް އިންޓަނެޝަނަލް ސިލްސިލާތަކާއި ފިލްމުތައް ކުޅެފައިވެ އެވެ. އަނޫޕަލް ކުޅުނު ބޭރުގެ ސިލްސިލާތަކުގެ ތެރޭގައި "މިސްޓަ ވިލްސަން"، "ސެންސް8"، "ދަ ބޯއި ވިތު ޓޮޕްނޮޓް" އަދި "އީއާރް" ހިމެނެ އެވެ.

އޭނާ ކުޅުނު ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ސިލްވަ ލައިނިން ޕްލޭބުކް"، "ދަ ބިގް ސިކް"، "ހޮޓެލް މުމްބާއީ" އަދި "މިސްޓްރެސް އޮފް ސްޕައިސް" ފަދަ ފިލްމުތައް ހިމެނެ އެވެ.